Advertisement

ސަމާޙް މަރުވި އެކްސިޑެންޓް ހިނގި ސަރަހައްދު ---

08 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ސަމާޙް މަރުވި އެކްސިޑެންްޓްގައި އޭނާ ސައިކަލު ދުއްވާފައި ވަނީ ވަންވޭއާ އިދިކޮޅަށް ކަމުގައި ބުނެފައެއް ނުވާނެ: ފުލުހުން

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވި، ލ. އިސްދޫ، ބީޗު ހައުސް ޙަސަން ސަމާޙް ސައިކަލު ދުއްވާފައި ވަނީ ވަންވޭ އާއި އިދިކޮޅަށް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވާހަކަ ފެތުރި ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާއި ޙިއްޞާކޮށްފައި ނުވާނެ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެކްސިޑެންޓް ހިނގި ފުރަތަމަ ވަގުތުން ފެށިގެންވެސް، ބައެއް ފަރާތްތަކުން ވަނީ އެ އެކްސިޑެންޓް ހިނގީ ސަމާޙްގެ އިޙްމާލުކަންކަން ދެއްކުމަށް ސޯޝަލްމީޑިއާގައި ވާހަކަތައް ފަތުރަން ފަށާފައެވެ. އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސަމާޙް މަރުވި އެކްސިޑެންޓްގެ މައްސަލައަކީ ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަަކަށް ވާތީ އެމައްސަަލަ އާއި ގުޅޭ އެއްފަދަ އެއްވެސް މައުލޫމާތެއް ފުލުހުން އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގީ ސަމާޙް ވަންވޭ އާއި އިދިކޮޅަށް ސައިކަލު ދުއްވައިގެން ކަމަށް ފުލުހުންގެ ތަޙްޤީޤަށް ފާހަގަވެފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކަކީ ފުލުހުން ދީފައިވާ މައުލޫމާތެއް ނޫންކަމުގެ ޔަޤީންކަންވެސް ފުލުހުން ވަނީ ދީފައެވެ.

ސަމާޙް މަރުވި އެކްސިޑެންޓް ހިނގާފައި ވަނީ، އޭނާ ދުއްވި ސައިކަލުގައި ރޭސް ކާރެއް ޖެހިގެންނެވެ. ހުޅުމާލޭގެ މަގުތަކުގައި އެއްވެސް ބެލުމެއް ނެތި އާއްމުންނަށް ނުރައްކާވާ ގޮތަށް ރޭސްކާރުތައް ދުއްވަމުން އަންނަ މައްސަލައިގައި އާއްމުން އައީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި ސަމާޙް މަރުވި އެކްސިޑެންޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކުރީ ސަރުކާރުގައި ހުޅުމާލޭގައި ރޭސިންގ އާއި ޑްރިފްޓިންއަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ހުއްދަތަށް ބާޠިލް ކުރުމަށް އަންގަވާފައެވެ. އެކަމާއި ގުޅިގެން ރޭސް ކާރުތައް ގެންގުޅޭ ފަރާތްތަކުންނާއި ރޭސިން ޖަމިއްޔާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.