Advertisement

ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ގެއްލުުންދިން މީހާ --

09 Sep 2024
ހުޅުމާލެ ޕޮލިސް

ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމުގެ ހައްޔަރު ކުރި މީހާގެ ޖީބުން ފެނުނީ މަސްތުވާތަކެތި

ރޭ 4:15 ހާއިރު، ހުޅުމާލެ ފޭސް 1ގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގުފަރާތު ލައިޓެއް ތަޅާލި މީހަކު ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމާއި ގުޅިގެން ހައްޔަރު ކުރި، ހ. ހެމަވަތި، ޒައިދާން މުޙައްމަދު ޒާހިރު (24އ) ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖީންސްގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕަކެޓެއް ފެނިފައިވާ ކަމަށެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޒައިދާންއަކީ، ނުރައްކާތެރިކޮށް ސައިކަލު ދުއްވައިގެން ޓޯވ ކުރި އޭނާގެ ސައިކަލާއި ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް އައި މީހެއް ކަމަށެވެ. 

ޒައިދާން ތަޅާލާފައި ވަނީ، ހުޅުމާލެ ފޭސް 1ގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގުފަރާތު މައި ދޮރުގެ އުުތުރު ފަރާތު ލައިޓެވެ.

ފުލުުހުން ވިދާޅުވީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލަ އާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ތަހްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.