Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު --

09 Sep 2024
ޚަބަރު

އެންމެ ބޮޑު ދަތިކަމަކީ މަޝްރޫޢުތަކަށް ފައިސާ ނުލިބުން: ރައީސް

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަަލައަކީ މަޝްރޫޢަށް ފައިސާ ހޯދުމުގެ ދަތިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޝަން ފޯ އެން އިންޓެލިޖެންސް ޑްރިވަން ފިއުޗަރ ފޯ މޯލްޑިވްސް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ، ރާއްޖެއިން ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ހުރި ދަތިތަކާއި އެކު އެކަމަށް ހައްލު ހޯއްދެވުމަށް ކަމުގައިވެސް ފާހަގަކުރެއްވިއެެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ، މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ވެގެންދާނީ ޑިޖިޓަލް އިނޮވޭޝަން، ދެމެހެއްޓެނިވި ތަރައްޤީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިނޭންސްކުރާ ބޭންކަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށްވީ ނަމަވެސް، ރައްޔިތުންގެ އެއްބާރުލުމާއި ހިންމަތާ، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު، ރާއްޖޭގެ ތަރައްޤީގެ އަމާޒު ހުރީ އެއަށްވުރެ ތަނަވަސްކޮށްކަން ފާހަގަކުރައްވާފައެވެ. އަދި، ޤައުމެއްގެ ތަރައްޤީ މިންކުރެވިގެންދާނީ ހަމައެކަނި އީޖާދީ ވަޞީލަތްތަކުން ނޫންކަމަށާއި، އެފަދަ ވަސީލަތްތަކުގެ ޒަރީޢާއިން ރައްޔިތުންގެ ދިރިއުޅުން ފަހިކޮށްދެވޭ މިންވަރަށް ކަަަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
އިއްބެ
ކޮބާތޯ އެވިދާޅުވި ފެހިސިގުނަލް
09 Sep 2024
ޖީހާނު
ފޮނި ވާހަކަ ނުދައްކާ އަހަރެމެން ބަނޑަށް ނުޖެހެނީސް ވެރިކަމުން ފައިބާ ބަލަ
09 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.