ޚަބަރު
17 Sep 2024
ޚަބަރު
ޅ. އަތޮޅު ހޮސްޕިޓަލުގެ ސާވަރ ހެކްކުރި މައްސަލައެއް ބަލަނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނައިފަރުގައި ހުންނަ، ޅ. އަތޮޅު ހޮސްޕިޓަލްގެ ސާވަރ ހެކްކުރި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެމައްސަަލަ ތަޙްޤީޤު ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް އެރަށަށް ގޮސްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Sep 2024
ޚަބަރު
މަގުމަތިން މީހެއްގެ އަތުން ސައިކަލެއް ފޭރުނު މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަގުމަތިން މީހެއްގެ އަތުން ސައިކަލެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެ ދަފްތަރު ނަމްބަރު 5624، އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް (30އ) ކަމަށެެވެ.
16 Sep 2024
ޚަބަރު
މާލޭގެ ގެއަކަށް ފިރިހެނަކު ވައްދައި ފޭރުނު ބަޔަކަށް ދައުަވާކުރަން ފޮނުވައިފި
މިގޮތުން، މއ. މަސްފަން، ޢާއިޝަތު (43އ) އާއި މއ. މަސްފަން، މުޙައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީޤު އިބްރާހީމް (35އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Sep 2024
ޚަބަރު
ރާވައިގެން މީހަކު ގެސްޓް ހައުސަކަށް ގެންގޮސް ފޭރުނު ދެމީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފޭރުމުގެ އެ ޢަމަލު ހިންގި ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ.
16 Sep 2024
ޚަބަރު
ޕީޖީގެ މަޤާމައް ޢައްބާސް ޝަރީފް ޢައްޔަނުކުރުމަށް ރުހުންދޭން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި
އެކޮމިޓީން މިއަދު ވަނީ، އައްބާސް ޝަރީފާއި އިންޓަރވިއުކޮށްފައެވެ. މިގޮތުން، އިންޓަރވިއު ކުރުމަށް ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހުގައި، ކޮމިޓީގެ މުޤައްރިރު، މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވީ، ޕީޖީގެ މަޤާމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ޢައްބާސް ޝަރީފްގެ ޝަރުޠު ހަމަވާކަމަށާއި އަދި އޭނާ އެމަޤާމަށް ޢައްޔަނުކުރެއްވުމާއު ގުޅޭ ގޮތުން ޝަކުވާއަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ޝަކުވާއެއްވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޓަވިއުގައި މެމްބަރުން މާކްސް ދެއްވި ގޮތަށް ބަލާއިރު ޢައްބާސް ޝަރީފަށް، %93.7 އިންސައްތަ މާކްސް ލިބިވަޑައިގެންނެވި ކަމުގައިވެސް ކޮމިޓީގެ މުޤައްރަރު ވިދާޅުވިއެވެ.
16 Sep 2024
ޚަބަރު
ކުންފުންޏާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ދިރާސާ ކުރަން ހޭދަވީ 10 މިނިޓް
ބިލް ފާސްކުރީ ސަރުކާރުން ހުށައަޅާފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެއެވެ. ބިލް މަޖިލީހަށް ބަލައި ގަނެ އިބްތިދާއީ ބަހުސް ނިންމައި ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ، ދައުރުން ބޭރުން މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިދިޔަ ބުދަ ދުވަހު ސަރުކާރުން މަޖިލީހަށް ހުށައެޅި މި ބިލް މަޖިލީހަށް މިއަދު ބަލައިގަތީ 77 މެމްބަރުންގެ ވޯޓުންނެވެ.
16 Sep 2024
ޚަބަރު
ޕީޖީ ކަމުގެ މަޤާމަށް ކުރިމަތިލެއްވީ ވަކި ބޭފުޅަކު އެދިގެނެއް ނޫން: ޢައްބާސް ޝަރީފް
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ހ. ޔެލޯރޯޒް، އައްބާސް ޝަރީފް ޢައްޔަނުކުރެއްވުމަށްޓަކައި، އޭނާގެ ނަންފުޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެ މަޖިލީހަށް ފޮނުއްވީ، މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. ޢައްބާސް މި ވަގުތު ހުންނެވީ، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒްގެ މަޤާމުގައި ކަމަށްވުމާއި އެކު އޭނާ އެމަޤާމަށް ކުރިމަތިލެއްވީ، ރައީސުލްޖުމްހޫރިއްުޔާ އެދިވަޑައިގެން ކަމަށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލްމީޑިއާގައި ވާހަކަތައް ފަތުރާފައެވެ.
16 Sep 2024
ޚަބަރު
އުފަން ދަރީންނަށް ޖިންސީ ގޯނާ ކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އުފަން ކުޑަ ދެ އަންހެންދަރީންނާއި، އާއިލީ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 42 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން ކޯޓުން އެމީހާގެ ބަންދަށް ޖަހައިދީފައި ވަނީ 30 ދުވަހުގެ މުއްދަތެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި އުފަންދަރީންނަށް ޖިންސީ ގޯނާ ކުރި އެމީހާއަކީ މާލޭގައި ދިރިއުޅޭ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.
16 Sep 2024
ޚަބަރު
ދެފޭސް ގުޅުވައިދޭ ބުރިޖެއްގެ މަތީގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެ
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ ލޮރީއަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Sep 2024
ޚަބަރު
ފެނަކަ އެސްޓީއޯގެ ދަށަށް ގެންދިޔުމަކީ ހަރުދަނާ ނިންމުމެއް: ނާޒިމް
މެމްބަރު ނާޒިލް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ފޭދޫ އުތުރު ދާއިރާ ގެ މެންބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވާ ފައިވާ ، ޤާނޫނުނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
16 Sep 2024
ޚަބަރު
އުފަންދަރިންނަށް ޖިންސީގޯނާކުރި ބައްޕަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ، އުުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ފިރިހެންމީހާ ޖިންސީ ގޯނާ ކުރި ކަމަށްވަނީ، އޭނާގެ ދެ އަންހެންދަރިންނާއި އާއިލީ އެހެން އަންހެންކުއްޖަކަށެވެ.
15 Sep 2024
ޚަބަރު
އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލައި ބިން ސާފުުކޮށްދީފި
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު، 14:48 ހާއިރުގައި، ހ. ދޫހިމެރިގޭގައި ހިންގަމުން އައި ގާމަގު ކެފޭގެ ބަދިގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިގޮތުން ޑެކްއަޅައިގެން ތިންބުރިއަށް ހަދާފައި ހުރި އެގޭގެ ހުރިހާ ފަންގިފިލާއެއް އަނދައިގެން ދިޔައެވެ.
15 Sep 2024
ޚަބަރު
މެދުރާއްޖެތެރޭގެ ރަށެއްގައި ފުރާވަރުގެ ކުއްޖަކު ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަންފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންނަށް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށާއި، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އެމައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެއީ ކުޑަކުދިންތަކަކާއި ގުޅުން ހުރި މައްސަލައަކަށް ވާތީ، އެމައްސަލާގައި ހިމެނޭ ކުޑަކުދިންގެ ވަނަވަރާއި އެކުދިންގެ މައުލޫމާތު ޢާއްމުވާފަދަ އެއްވެސް މައުލޫމާތެއް ޙިއްޞާ ކުރުމަކީ ޤާނޫނީ ގޮތުން މަނާކޮށްފައިވާ ކަމެކެވެ.
15 Sep 2024
ޚަބަރު
ރީިޑިން ނުނަގައި ބިލް ފޮނުވާކަމަށް ފަތުރާ ވާހަކަތައް ސްޓެލްކޯއިން ދޮގުކޮށްފި
ސްޓްލްކޯއިން ވިދާޅުވީ، ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަމަށާއި، އަދި ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުކުރާނެކަމުގެ ޔަޤީންކަންވެސް އަރުވާ ކަމަށެވެ.
14 Sep 2024
ޚަބަރު
ވެލިދޫއިން 1.5 ކިލޯއަށް ވުރެން ގިނަ މަސްތުވާތަކެތި ހޯދައިފި
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ގުޅިގެން ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ހޯދުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1547.44 ގްރާމް ހުރިކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
14 Sep 2024
ޚަބަރު
ހިޔާ ފްލެޓަކުން އަންހެނަކު ސަލާމަތްކޮށް ދެފިރިހެނުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ދަންވަރު ހިޔާ ފްލެޓެއްގައި އަންހެނަކު ރޯ އަޑާއި އެހީއަށް އެދި ގޮވާއަޑު އިވިގެން ފުލުހުން އެ އެޕާޓްމަންޓަށް ދިޔަކަމަށެވެ. އަދި ފުރަތަމަ ފަހަރު ދޮރުހުޅުވުމަށްފަހު، ކަމެއް ނުހިނގާ ކަމަށް ބުނެ ފިރިހެނަކު ދޮރުލައްޕައި ތަޅުލި ކަމަށާއި އެހެން ނަމަވެސް އަންހެންމީހާ ރޯ އަޑާއި އެހީއަށް އެދި ގޮވާއަޑު އަނެއްކާވެސް އިވޭތީ، ފުލުހުން ދޮރުހުޅުވަން އެނގުމުން ދޮރު ނުހުޅުވި ކަމަށެވެ.