ޚަބަރު
28 Sep 2024
ޚަބަރު
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް!
އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ބަލައިފާސްކުރެވުނު ތަންތަނުގެ ތެރެއިން، ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިއަ 03 ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ ނޯޓިސް ދީފައެވެ.
28 Sep 2024
ޚަބަރު
ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހިފަހައްޓައިފި
އިމިގްރޭޝަނުން ޙާމަކުރައްވާފައިވާ ގޮތުގައި، ހިފެހެއްޓި ތިން މީހުންނަކީ އުމުރުން 21 އަހަރާއި 25 އަހަރާއި ދެމެދުގެ ތިން މީހުންނެވެ. އޭގެ ތެރެއިން އުމުރުން 25 އަހަރުގެ މީހާ ހިފަހައްޓާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ. ދެވަނަ މީހާ އޮގަސްޓް މަހުގެ 16 ަނަ ދުވަހު ހިފެހެއްޓި އިރު، ތިންވަނަ މީހާ ހިފަހައްޓާފައި ވަނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގައެވެ.
27 Sep 2024
ޚަބަރު
ޔޫނުސާއި ރައީސް ބައްދަލުކުރައްވައިފި
މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޗީފް އެޑްވައިޒަރ ޑޮކްޓަރ ޔޫނުސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ކަނޑުތަކާއި ގުޅިފައިވާ އިޤްތިޞާދީ ފުރުޞަތުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ފުރުޞަތުތަކުގެ ބޭނުން ހިފުމާބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
27 Sep 2024
ޚަބަރު
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުުރެއްވުމަށް މިނިސްޓަރު ފުވައްމުލަކަށް ވަޑައިގެންފި
ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާއިރު، މިނިސްޓަރުގެ މި ދަތުރުފުޅަކީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
27 Sep 2024
ޚަބަރު
އިޒްރޭލުގެ ބޮޑުވަޒީރު ޕޯޑިއަމަށް އެރުމުން ރާއްޖޭގެ ވަފުދު ހޯލުން ނުކުމެއްޖެ
ރާއްޖޭގެ އިތުރުން، އދ. މެމްބަރު ޤައުމުތަކުގެ ތެރެއިން 140 ވުރެ ގިނަ ޤައުމުގެ މަންދޫބުން ވަނީ ނަތަންޔާހޫއާ ދެކޮޅަށް އިޙްތިޖާޖު ކުރުމުގެ ގޮތުން ހޯލުން ނުކުންނަވާފައެވެ.
27 Sep 2024
ޚަބަރު
ސްޓެލްކޯގެ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ ހަތްވަނަ ބެޗް ފަށައިފި
ގިރިފުށީގައި ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ދަށުން ހަތްވަނަ ބެޗްގެ ނިޔަލަށް ސްޓެލްކޯގެ 368 މުވައްޒަފުން ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ. ހަތްވަނަ ބެޗްގައި 51 މުވައްޒަފުން ބައިވެރިވެ ތަމްރީން ފުރިހަމަ ކުރަމުންދެއެވެ.
27 Sep 2024
ޚަބަރު
އިޒްރާއީލުގެ ހަމަލާތަކުގައި ފާއިތުވި ދެދުވަހު ލުބުނާނުން 50 ކުޑަކުދިން މަރުވި: ޔުނިސެފް
ޔުނިސެފުން ހާމަކޮށްފައިވާ ގޮުތުގައި، ހޯމަ ދުވަހުން ފެށިގެން އިޒްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި 4 ދުވަހުގެ ތެރޭގައި 50 ކުޑަކުދިން މަރުވި އިރު، އެއީ 2006 ވަނަ އަހަރު ދިން ހަމަލާތަކަށްވުރެ ވެސް ނިސްބަތުން މަތީ އަަދަދެކެވެ. 2006 ވަނަ އަހަރު 33 ދުވަސްވަންދެން އިޒްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި، 400 ވުރެ ގިނަ ކުޑަކުދިން މަރުވިއެވެ.
27 Sep 2024
ޚަބަރު
އިޒްރޭލުން ލުބުނާނަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގައި 700 ވުރެ ގިނަ މީހުން މަރުވެއްޖެ
ލުބުނާނުގެ ހެލްތު މިނިސްޓަރ ފިރާސް އަބިއާދު ވިދާޅުވި ގޮތުގައި، ރޭ ދިން ހަމަލާތަކުގައިވެސް ފަތިސްވުމާއި ހަމައަށް 25 މީހަކު މަރުވެފައިވެއެވެ.
27 Sep 2024
ޚަބަރު
އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ފަށައިފި
އެކޯޕަރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މިއީ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތަކާއި، އެފަރާތްތައް މަސައްކަތް ކުރައްވާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެކުލަވާލެވޭ ދަފްތަރެކެވެ.
27 Sep 2024
ޚަބަރު
ކެޓް ޝެލްޓާއަށް ބޭނުންވާ ތަކެތި ގަންނަން ހަވާލުކޮށްފި
މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2 ގައި ޤާއިމް ކުރެވެމުންދާ ކެޓްޝެލްޓަރ އަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި މެޓީރިއަލްސް ހޯދުމަށް ހަވާލުކޮށްފައި ވަނީ، ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
27 Sep 2024
ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ހާާމަކުރައްވާފައިވާ ގޮތުގައި އިއްޔެ ހުޅުމާލެފްލެޓް 4 ކައިރިން ހައްޔަރުކޮށްފައި ވަނީ، މާފަންނު ޘަލާޘާ، މޫސާ ފާޟިލް (31އ)އެވެ.
27 Sep 2024
ޚަބަރު
އިންޑިއާގެ ބޮޑުވަޒީރަށް ކުރި މަލާމާތް ބަލައެއް ނުގަންނަން: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވަނީ، އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މައްޗަށާއި، އިންޑިއާކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
27 Sep 2024
ޚަބަރު
އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ދިވެހިރާއްޖެއަކީ ބާރުގަދަ ޤައުމަކަށް ވާންޖެހޭ: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި، ހަލުވި ދުވެއްޔެއްގައި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށެވެ. އަދި ޝާމިލު، ފުދުންތެރި މުޖުތަމަޢެއްގެ ގޮތުގައި ޤައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބައިނަލްއަޤުވާމީ މާލީ އާކިޓެކްޗަރ އިސްލާޙުކުރުމަކީ އެ މަނިކުފާނުގެ ޢަޒުމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
26 Sep 2024
ޚަބަރު
ސޯޝަލް މީޑިއާގައި ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރުދީފައިވަނީ، ޢަބުދުﷲ މީޢާދު ޔޫސުފްގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން އަންނަ މީހެއް ކަމަށެވެ.
26 Sep 2024
ޚަބަރު
ލޯނު ނުދައްކައިގެން މާލޭގެ ދެ ގެއެއް ވިއްކާލަން ބީއެމްއެލްއިން އިއުލާނުކޮށްފި
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ވިއްކާލަން ނިންމާފައިވާ ދެ ގެއަކީ، މ. ނާއިންފަރުއާގެ އާއި، މ. ބީޗްކޯނާ ގެއެވެ.
26 Sep 2024
ޚަބަރު
ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށް ސަލާމަތީ މަޖިލިސް ވަނީ ނުކުޅެދިފައި: ރައީސްަ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ޣައްޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލުނައްތާލުމުގެ ޢަމަލުތައް ނިއުޅެމުންދާއިރުވެސް، ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާކަމަށެވެ.