ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނެގި ކަމަށް ރިޕޯޓު ކުރިތާ 2 ގަޑިއިރުތެރޭގައި ފުލުހުން އެ ދަބަސް ހޯދައިދީފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ ވަގަށް ނަގާފައި ވަނީ، މޭރީ ބްރައުންނާއި ދިމާއިން ބޮޑު ތަކުރުފާނު މަގުގެ ބުރު މަތީގައި ޗައިނާގެ ފަތުރުވެރިންތަކަށް ހަނދާންނެތި ބޭއްވުނު ދަބަހެއް ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 19:12 ހާއިރުގައި ކަމަށާއި، ދެގަޑިއިރު ތެރޭގައި ފުލުހުން ދަބަހާއި ތަކެތި ހޯދައި ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.