Advertisement

ޢަބްދުލްޖަލީލް އިސްމާޢީލް، ސަލްމާން ރަސްގެފާނު މިސްކިތުގެ އިމާމް --- ފޮޓޯ: ރައީސް އޮފީސް

29 Sep 2024
ޚަބަރު

ސަލްމާން މިސްކިތުގެ އިމާމަށް ތުހުމަތު ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް!

އިސްލާމިކް މިނިސްޓަރީގެ ނައިބެއްގެ ފެންވަރުގައި ސަލްމާން މިސްކިތުގެ އިމާމަކަށް ޢައްޔަނުކޮށްފައިވާ، އަބްދުލްޖަލީލް އިސްމާއިލަށް ތުހުމަތު ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް ހުށައެޅި ބަލަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފޯޖަރީ މައްސަލައެއް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި، އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

އެމައްސަލަ ޖަލީލާއި ދެކޮޅަށް ހުށައަޅާފައި ވަނީ، މާފަންނު، ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު، ހއ. ހޯރަފުށި، ޑީންސްވިލާގޭ، ހާޝިމް މުހައްމަދު، 44، އާއިލާއިންނެވެ. ހާޝިމްގެ މަރާއި މެދު ޝައްކުތަކެއް ހުރުމުން އެކަން ތަޙްޤީޤު ކުރާކަމަށް ބުނުން ފިޔަވައި އެމަރާއި ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެމަރުގެ މައްސަލައިގައި އާއިލާއިން ތުހުމަތު ކުރާ ބިދޭސީ މީހާ ވަނީ، ރާއްޖެއިން ޑީޕޯޓްވެސްކޮށްފައެވެ.

ހާޝިމްގެ އާއިލާއިން ބުނާ ގޮތުގައި ބިދޭސީ މީހާ އާއި ޖަލީލު ގުޅިގެން ހާޝިމްގެ ވިޔަފާރިތަކާއި މުދަލާއި ފައިސާ، ޖަލީލުގެ ޙިއްޞާ އޮންނަ ކުންފުންޏެއްގެ ނަަމަށް ބަދަލުކޮށްފައި ވަނީ، ފޯޖުކޮށް ލިޔެކިޔުންތައް އުފައްދައިގެންނެވެ.

ހާޝިމް ހިންގި ފިހާރަ ޖަލީލު މިހާރު ހިންގަމުންދާއިރު، އާއިލާއިން އެފިހާރަނަށް 23 ސެޕްޓެމްބަރުގައި ވަތް އިރު، ހިނގި ހަމަނުޖެހުމެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމާއި ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ، މުދަލާއި ގޯތި ގެދޮރުގެ މައްސަލަ ސިވިލްކޯޓަށް ހުށައަޅައިގެން ކުރިޔަށް ގެންދިޔުމަށް ފުލުހުންގެ އިދާރާއިން އެ ދެފަރާތަށް އަންގާފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.