Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާއި ސަލާމްކުރައްވަނީ ---

29 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، އަންނަ މަހު އެޤައުމަށް ވަޑައިގަންނަވާނެ ކަމުގައި އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ ދެވަނަ ހަފްތާގައި ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ކުރިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ދަތުރުފުޅު ކުރައްވާނެ ތާރީޚެއް ކަނޑައެޅުމާއި މެދު ދެ ޤައުމުގެ ވެރިންގެ މެދުގައި މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ، އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރައްވައި، ދެޤައުމުގެ ދެމެދުގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މަތީފެންވަރުގެ މަޝްވަރާތައް ކުރައްވާނޭ ދަތުރުފުޅެއް ކަމުގައި މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގާތްގުޅުން އެންމެ ބޮޑަށް ހީނަރުވެގެން ގޮސްފައި ވަނީ، މިވެރިކަމުގައެވެ. ވެރިިކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި ވެރިކަމަށް ވަޑައިގެންނެވުމުގެ ފަހުންވެސް ވެރިކަމުގެ ފުރަތަމަކޮޅުގައި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދެޤައުމުގެ ގުޅުމަށް ނޭދެވޭ އަސަރުތައް ވަނީ ކޮށްފައެވެ. ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގެ މައިގަނޑު އަމާޒަކަށް "އިންޑިއާ އައުޓް" ހައްދަވާފައި އޮތް އިރު އެކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެެގެން ދިޔައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.