Advertisement

ގދ. ތިނަދޫ، ރަންފަރު ޛަބީޙް މުޙައްމަދު (41އ) --

29 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނެގި ކަމަށް ރިޕޯޓު ކުރިތާ 2 ގަޑިއިރުތެރޭގައި ފުލުހުން އެ ދަބަސް ހޯދައިދީފި

ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނެގި މީހަކު ހޯދައި އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިއްޔެ ފަތަުރުވެރިއެއްގެ ދަބަހެއް ވަގަށް ނަގައި އޭގައި ހުރި ބައެއް ތަކެތި ވިއްކާލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ގދ. ތިނަދޫ، ރަންފަރު ޛަބީޙް މުޙައްމަދު (41އ) ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ ވަގަށް ނަގާފައި ވަނީ، މޭރީ ބްރައުންނާއި ދިމާއިން ބޮޑު ތަކުރުފާނު މަގުގެ ބުރު މަތީގައި ޗައިނާގެ ފަތުރުވެރިންތަކަށް ހަނދާންނެތި ބޭއްވުނު ދަބަހެއް ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 19:12 ހާއިރުގައި ކަމަށާއި، ދެގަޑިއިރު ތެރޭގައި ފުލުހުން ދަބަހާއި ތަކެތި ހޯދައި ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ. 

ދަބަހުގައި ހުރީ، އަންނައުނާއި ލެޕްޓޮޕަކާއި ހާޑު ޑްރައިވަކާއި، ޕަވަބޭންކާއި ޕާސްޕޯޓު ކަމަށާއި އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައި ވަނީ ވިއްކާލާފައި ވަނިކޮށް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.