Advertisement

ހއ. ހޯރަފުށި ޑީންސްވިލާ، ހާޝިމް މުހައްމަދު (44އ)--

29 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

މަރުވި ހާޝިމްގެ އާއިލާގެ ކަންބޮޑުވުންތައް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

ހއ. ހޯރަފުށި، ޑީންސްވިލާގޭ، ހާޝިމް މުހައްމަދު، (44އ) ގެ މަރާއި ގުޅިގެން އާއިލާއިން ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ވާތީ އެކަން ބަލަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މައްސަލައިގެ ތަހުގީގު ނިންމާފައި ވަނިކޮށް އާއިލާއިން ކަންބޮޑުވުން ތަކެއް ހިއްސާކޮށްފައި ވާތީ އެ ކަންބޮޑުވުންތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން ކަމަށެވެ. 

ހއ. ހޯރަފުށި، ޑީންސްވިލާގޭ، ހާޝިމް މުހައްމަދު، (44އ)، މާފަންނު ކޮޅު ގެއެއްގެ ސިޑި ކައިރީގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ، 2 ޖެނުއަރީ 2022 ވަނަ ދުވަހުގައެވެ. އެދުވަހު ފުލުހުން ބުނެފައި ވަނީ، ހާޝިމްގެ މަރާއި މެދު ޝައްކުތަކެއް ހުރުމުން އެކަން ބަލައި ތަޙްޤީޤު ކުރަމުންދާކަމަށެވެ. އެހެން ނަމަވެސް އޭގެ ދެދުވަސް ފަހުން، 4 ޖެނުއަރީގައި، ފުލުހުން ވިދާޅުވީ އެ މަރުގައި ޖިނާއީ އަމަލެއް އަދި އިހުމާލެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. ފުލުހުންގެ އިދާރާއިން އެދުވަހު ވިދާޅުވީ، މާފަންނު ގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ޖެނުއަރީ 2 ވަނަ ދުވަހުގެ ރޭ 21:03 ހާއިރުގައި ކަމަށާއި، ފުލުހުން އެތަނަށް ދިޔައިރުވެސް އޭނާ އޮތީ ނިޔާވެފައި ކަމަށް، ފުލުހުންނާއި އެކު ސީންއަށް ދިޔަ ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

ހާޝިމްގެ މަރުގެ މައްސަލައަށް 2 އަހަރު ވީއިރުވެސް އެމައްސަލައިގެ ތަޙްޤީޤު ނިމުނު ގޮތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ހާޝިމްގެ ވިޔަފާރީގެ މައްޗަށް ވެރިވެގަނެ އޮޅުވާލައިގެން މުދާތައް އަތުލާފައިވާ ކަމަށް ބުނެ، ހާޝިމްގެ މަރާއި މެދު އާއިލާއިން ތުހުމަތު ކުރާ ބަނގުލަދޭޝް މީހާ އާއި މިސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު އަދި ސަލްމާން ރަސްގެފާނު މިސްކިތުގެ އިމާމު، އަބްދުލްޖަލީލް އިސްމާއިލަށް އާއިލާއިން ކުރި ތުހުމަތުތަކާއި ގުޅިގެން ފުލުހުންނާއި ނޫސްވެރިން ސުވާލު ކުރަން ފެށުމުން، ފުލުން މިއަދު ވިދާޅުވީ ހާޝިމްގެ މަރުގެ ތަޙްޤީޤު ފުލުހުން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެތަޙްޤީޤުގައި ފުލުހުން ނިންމި ގޮތެއް ފުލުހުންގެ އިދާރާއިން ހާމައެއް ނުކުރައްވައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާޝިމް މުޙައްމަދުގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހާޝިމް މުޙައްމަދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ތަހުލީލުތަކަށްފަހު ފޯނު ވާނީ އާއިލާއާ ހަވާލުކޮށްފައި ކަމަށާއި، އިތުރު އެއްވެސް އިލެކްޓްރޯނިކް އާލާތެއް މި މައްސަލައިގެ ތަހުގީގަށް ގެނެސްފައެއް ނުވާކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.