Advertisement

ފޮރިން މިނިސްޓަރ އިންޑިއާ ސަފީރާއި ބައްދަލުކުރެއްވުން --

01 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ފޮރިން މިނިސްޓަރު އިންޑިއާ ސަފީރާއި ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު އާ ބައްދަލު ކުރައްވައިފި އެވެ.

މިއީ އެމަނިކުފާނު ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި ބޭރުގެ ސަފީރަކާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

އެބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އެބައްދަލުވުމުގައި މަޝްވަރާކުރެއްވުނީ، އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިކުރުމަށް ކުރެވިދާނޭ ކަންކަމާއި ގުޅޭ ގޮތުންނެވެ. 

ޑރ. ޢަބްދުﷲ ޚަލީލު ފޮރިން މިނިސްޓަރުގެ މަޤާމަށް ޢައްޔަނުކޮށްފައި ވަނީ އިއްޔެއެވެ. އެމަނިކުފާނު ކުރިން ހުއްނެވީ މިނިސްޓްރީ އޮފް ހެލްތުގެ މަޤާމުގައެވެ.

މަޤާމާއި ހަވާލުވެވަޑައިގެންނެވި ގޮތަށް އެންމެ ފުރަތަމަ އިންޑިއާ ސަފީރާއި، ފޮރިން މިނިސްޓަރ ބައްދަލުކުރެއްވި އިރު މިމަހުގެ ދެވަނަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމުގައި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިސަރުކާރު ވެރިކަމަށް އައުމަށް ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާ އާާއި ރާއްޖޭގެ ގުޅުން ހީނަރުވެގެން ދިޔަ ނަމަވެސް، އިންޑިއާ އާއެކު ގުޅުންތައް ބަދަހި ކުރުމަށް މިސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.