ޚަބަރު
ޚަބަރު
05 Oct 2024
ޚަބަރު
ޤުރުއާން ހިތުދަސްކުރެއްވި 28 ފަރާތަކަށް ޙާފިޡުކަމުގެ ސަނަދު ދެއްވައިފި
މިޖަލްސާގައި، ޙާފިޡު ކަމުގެ ސަނަދު ހަވާލުރައްވާފައި ވަނީ، އޮކްޓޯބަރ 2022 ން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކުރައްވައިގެން ސަނަދު ހާސިލުކުރެއްވި 28 ޙާފިޡުންނަށެވެ. އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނެވެ.
05 Oct 2024
ޚަބަރު
މާލޭ އާސަހަރާގައި އަލުން މީހުން ވަޅުލަން ފަށައިފި
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވީ، އާ ސަހަރާގައި ، ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމު އިއްޔެއިންފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން މަރާމާތަށްފަހު އެސަހަރާގައި ފުރަތަމަ މީހަކު ވަޅުލާފައި ވަނީ މިއަދުއެވެ.
04 Oct 2024
ޚަބަރު
އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ރައީސްގެ މިދަތުރުފުޅު ކުރެއްވުމަށް ހަމަޖައްސަވާފައި ވަނީ، މި އޮކްޓޫބަރުމަހުގެ 6 ން 10އަށެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
04 Oct 2024
ޚަބަރު
އެފްއޭއެމްގެ ފައިސާއިން ބައްސާމް ގަތް ދެ ފްލެޓް ފުލުހުންގެ ބެލުމުގެ ދަށަށް ނަގަނީ!
ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން އެ އެެޕާޓްމަންޓްތައް ފުލުހުންނާއި ހަވާލުކުރުމަށް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓްތައް ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
03 Oct 2024
ޚަބަރު
ސިޔާސީ ޕާޓީތަކުގެ މެމްބަރުކަމުން ވަކިވުމަށް އޮންލައިންކޮށް ހުށައެޅޭ ގޮތަށް ހަމަޖައްސައިފި
އެކޮމިޝަނުން ވިދާޅުވީ، މިއަދުން ފެށިގެން، ސިޔާސީ ޕާޓީއަކުން ވަކިވުމަށް އެދޭނަމަ my.elections.gov.mv "މައި ޕޯޓަލް" މެދުވެރިކޮށް މި ޚިދުމަތް ފަސޭހަކަމާއެކު އާންމުނަށް ބޭނުންކުރެވޭނެއެވެ. އަދި މިޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުމެއްގެ އަދާހަމަ ވަގުތުން ފެންނާނެހެން މި ޕޯޓަލް ވަނީ ފަރުމާކޮށްފައި ކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން އެކޮމިޝަނުން ވިދާޅުވީ، "މައި ޕޯޓަލް" މެދުވެރިކޮށް މި ޚިދުމަތް ދޭން ފެށުމާއެކު، މީގެކުރިން ބޭނުންކުރަމުން އައި "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" ބޭނުންކުރުން ހުއްޓާލައިފައިވާކަމަށެވެ.
03 Oct 2024
ޚަބަރު
ބިދޭސީންނާއި ގުޅޭ އިތުރު ފީތަކެއް ނަގަނީ
އެމިނިސްޓްރީން ވިދާޅުވީ، މިގޮތުން، ވަރކް ޕަރމިޓް މިސިންގ ރިކުއެސްޓް ސަރވިސް ފީގެ ގޮތުގައި 1000ރ ނަގާނެ ކަމަށާއި، ވަރކް ޕަރމިޓް ނެގްލިޖެންސް ފައިންގެ ގޮތުގައި 2000ރ އިން ޖޫރިމަނާ ކުރާނެ ކަމަށެވެ. މިޖޫރިމަނާކުރާނީ، ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލުމުގައި، ވަޒީފާދޭ ފަރާތުގެ އިހުމާލުވުން އޮވެއްޖެނަމަ ކަމުގައިވެސް އައު އުސޫލުގައި ބުނެފައިވެއެވެ.
03 Oct 2024
ޚަބަރު
ފިނި މޫސުމަށް އެމްއޭސީއެލްއިން ތައްޔާރުވާން ފަށައިފި
ކޮންމެ އަހަރެއްގެވެސް ޔޫރަޕްގެ ފިނިމޫސުމުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންނެ އަދަދު ވަރަށް ބޮޑަށް އިތުރުވެފެން ދާއިރު އެކަމަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްގެ އެއަރޕޯޓް އޮޕަރޭޝަންސް ޑިވިޜަން އިން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންގައި އެއަރޕޯޓް އޮޕަރޭޝަންސްއަށް ދިމާވާ ގޮންޖެހުންތައް މަޝްވަރާކޮށް އެ ކަންކަން ހައްލުކުރަން މަސައްކަތްތައް އިންތިޒާމްކުރުން ކަމުގައި އެމްއޭސީއެލްއިން ހާމަކޮށްފައިވެއެވެ.
03 Oct 2024
ޚަބަރު
އިސްލާމީ މަރުކަޒުގައި އަލަށް މަސްފެންގަނޑެއް ހަދާކަށް ނޫޅޭ: މިނިސްޓަރ ޝަހީމް
އިސްލާމިކް މިނިސްޓްރީން ވަނީ، އެމަރުކަޒުގެ 40 ވަނަ އަހަރީ ދުވަހަށް މުންނާރުގެ ބުޑުގައި މަސްފެންގަނޑެއް ހަދަން ބޭނުންވާ ކަމުގައި ހާމަކޮށް އެކަމަށް ބީލަން ހުށައެޅުމަށް ހުޅުވާލާފައެވެ. އެހެން ނަމަވެސް އިސްލާމީ މަރުކަޒުގެ މުންނާރު ބުޑުގައި އޮންނަ ފެންގަނޑަކީ ވަރަށް ކުރިއްސުރެ އެތަނުގައި ހަދާފައި އޮންނަ، އަދި ފަހުން ނުބަލަހައްޓައި ދޫކޮށްލާފައި އޮތް ތަނެކެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދީ ހާލަތަށް ރިޢާޔަތްކޮށް އެފަދަ ކަންކަން ކުރުން ރަނގަޅުކަމަށް ނުފެންނާތީ އިސްލާމިކް މިނިސްޓްރީން ކުރި އިޢުލާނު ބާޠިލްކުރުމަށް އަންގަވާފައި ވާކަމަށެވެ.
03 Oct 2024
ޚަބަރު
ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްގެ ބައްޕާފުޅު އަވަހާރަވެއްޖެ
ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައިކަން ފާހަގަކުރައްވާފައި ވެއެވެ.
03 Oct 2024
ދުނިޔެ
ފޯޅަވަހި މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ވިލާތުން އެންމެފަހުން އެއްބަސްވެއްޖެ
2019 ވަނަ އަހަރު އދ. ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި، އައިސީޖޭގެ ނިންމުމާއި އެއްގޮތަށް މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް 113 ޤައުމަކުން ވޯޓު ދީފައިވެއެވެ. އެވޯޓުގައި ރާއްޖެއިން ވޯޓުދިނީ އިނގިރޭސި ވިލާތާއި އެއްކޮޅަށެވެ. އިނގިރޭސިވިލާތުން ޗާގޯސް އަށް ވެރިވެގަނެގެން އުޅެނީ ގާނޫނު ހިލާފަށް ކަމަށް ނިންމައި، ޗާގޯސް މޮރިޝަސްއާ ހަވާލު ކުރަން އަންގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަމުރު ކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ.
03 Oct 2024
ޚަބަރު
މާފުށީ ޖަލުގައި މަރުވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފި
މާފުށީ ޖަލުގައި ހުއްޓައި މަރުވި އެމީހާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑްތައް އޮންނަ މީހެކެވެ. އޭނާ ޖަލަށް ލާފައި ހުރީވެސް 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައެެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި އުމުރުން 62 އަހަރުގެ ދިވެހި އެ ފިރިހެންމީހާ މަރުވެފައި ވަނީ ދަންޖެހިގެންނެވެ.
03 Oct 2024
ޚަބަރު
ޖަނަވާރުގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ހިންގަނީ!
އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ޖަނަވާރު ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ އާޓިފިޝަލް ބީޗުގައެވެ. މިގޮތުން މިއަދު ހަވީރު، 4:00 އިން ފެށިގެން ރޭ ގަނޑު 11:00 އާއި ހަމައަށް ދުވަހާއި ގުޅޭ ޚާއްޞަ ފެއާއެއް ކުރިޔަށްދާނެ ކަމުގައި، މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
03 Oct 2024
ޚަބަރު
ބޭރު ފައިސާގެ މައްސަލަ ހައްލު ކުރުމަށް އެމްްއެމްއޭއިން އެޅި ފިޔަވަޅުތަކާއި މެދު މަޓީން ކަންބޮޑުވެއްޖެ
މަޓީން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެމްއެމްއޭގެ ޤަވާއިދުތަކަށް ބަދަލު ގެނެސްފައި ވަނީ، އެ ޖަމިއްޔާއާ އެކުގައި އެމްއެމްއޭއިން ބޭއްވި މަޝްވަރާތަކުގައި ފާހަގަކުރި ކަންކަމަށް އިޖާބަ ދިނުމެއް ނެތި ކަމަށެވެ.
03 Oct 2024
ޚަބަރު
ސްކޫލު ކުދިންތަކެއް އެހެން ކުއްޖަކު އޮރިޔާންކޮށް ބްލެކް މެއިލް ކުރި މައްސަލައެއް ފުލުހުން ބަލަނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެކަމާއި ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
01 Oct 2024
ޚަބަރު
ޕީޖީއަށް ޝަކުވާ ހުށައެއެޅުމުގެ ފުރުޞަތު ހުޅުވާލައިފި
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވީީ، ތިން ހަފްތާގެ ތެރޭގައި އާއްމު ގިނަ ފަރާތްތަކުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ ރަސްމީކޮށް އާއްމުންނަށް ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށައެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 20 ދުވަހުގެ މުއްދަތަށް ހުޅުވާލާަފައިވާ ކަމުގައި ޕީޖީ ވިދާޅުވިއެވެ.
01 Oct 2024
ޚަބަރު
ފޮރިން މިނިސްޓަރު އިންޑިއާ ސަފީރާއި ބައްދަލުކުރައްވައިފި
އެބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އެބައްދަލުވުމުގައި މަޝްވަރާކުރެއްވުނީ، އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިކުރުމަށް ކުރެވިދާނޭ ކަންކަމާއި ގުޅޭ ގޮތުންނެވެ.