Advertisement

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދަށް ފެއްތުމަށް ހުޅުވާލުމުން އެކަމަށް އެދުނު ބިދޭސީން ---

03 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ބިދޭސީންނާއި ގުޅޭ އިތުރު ފީތަކެއް ނަގަނީ

ގެއްލިގެން ރިޕޯޓްކުރާ ކޮންމެ ބިދޭސީއަކަށް 1000ރގެ ފީއެއް ނެގުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ. 

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން މިއަދު ވަނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިންގ ރިޕޯޓުކުރުމާ ގުޅޭ އުސޫލުތަކަށް ގެނައި ބަދަލުތައް އާއްމުކޮށް އިއުލާނުކޮށްފައެވެ. އެގޮތުން އެމިނިސްޓްރީން ވިދާޅުވީ، ޤަވާއިދު ނަންބަރު 2023/R-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ޤަވާއިދު) ގެ ޖަދުވަލު 7 (ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދާ ޚިލާފުވުމުން ފިޔަވަޅު އެޅުމުގެ އުސޫލު) އަދި ޖަދުވަލު 8 (ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ އުސޫލު)ގެ ދަށުން، 2024 އޮކްޓޫބަރ 06 ވަނަ ދުވަހުން ފެށިގެން އައު ފީތަކެއް ނަގަންފަށާނެ ކަމަށެވެ.

އެމިނިސްޓްރީން ވިދާޅުވީ، މިގޮތުން، ވަރކް ޕަރމިޓް މިސިންގ ރިކުއެސްޓް ސަރވިސް ފީގެ ގޮތުގައި 1000ރ ނަގާނެ ކަމަށާއި، ވަރކް ޕަރމިޓް ނެގްލިޖެންސް ފައިންގެ ގޮތުގައި 2000ރ އިން ޖޫރިމަނާ ކުރާނެ ކަމަށެވެ. މިޖޫރިމަނާކުރާނީ، ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލުމުގައި، ވަޒީފާދޭ ފަރާތުގެ އިހުމާލުވުން އޮވެއްޖެނަމަ ކަމުގައިވެސް އައު އުސޫލުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިންގ ރިޕޯޓުކޮށްފައިވާ ރިކުއެސްޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމުގެ ފުރުޞަތު އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ދެވޭނެ ކަމަށާއި،  2024 އޮކްޓޫބަރ 06 ވަނަ ދުވަހުގެ ފަހުން އެކްސްޕެޓް ސިސްޓަމުގައި މިސިންގ ރިޕޯޓު ކޮށްފައިވާ ބިދޭސީއެއްގެ މިސިންގ ރިޕޯޓު އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ބޭނުންވާނަމަ، މިސިންގ ރިޕޯޓުކުރާ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެ މިސިންގ ރިކުއެސްޓް އަނބުރާ ގެންދަންޖެހޭނެ ކަމުގައިވެސް، މިނިސްޓްރީން ވިދާޅުވެއެވެ، އަދި އެމުއްދަތުގެ އެކަމަކު ފަހުން، އެކަމަށް، 10000ރ ގެ ފީއެއް ދައްކަން ޖެހޭނެ ކަމުގައިވެސް ހޯމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިންގ ރިޕޯޓުކުރުމުގެ އައު ޕްރޮސެސްއާއި މިސިންގ ރިޕޯޓުކޮށްފައިވާ ރިކުއެސްޓް އެކްސްޕެޓެއް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާނެ ގޮތުގެ ޕްރޮސެސްގެ ގައިޑް "ވަރކް ޕަރމިޓް މިސިންގ ޔޫޒަރ ގައިޑް" އަދި "ވަރކް ޕަރމިޓް މިސިންގ ވިތްޑްރޯވަލް ޔޫޒަރ ގައިޑް" އެކްސްޕެޓް ސިސްޓަމްގެ "ހޯމް ޕޭޖް" އިން 2024 އޮކްޓޫބަރ 06 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.