Advertisement

މަޓީގެ އިސްވެރިން -- ފޮޓޯ: މަޓީ

03 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ބޭރު ފައިސާގެ މައްސަލަ ހައްލު ކުރުމަށް އެމްްއެމްއޭއިން އެޅި ފިޔަވަޅުތަކާއި މެދު މަޓީން ކަންބޮޑުވެއްޖެ

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭގެ ޤަވާއިދުތަކަށް ބަދަލު ގެނެސް އަޅަން ނިންމި ފިޔަވަޅުތަކާއި މެދު ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)އިން ކަންބޮޑުވުން ފާޅުކޮށްފިއެެވެ.

މަޓީން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެމްއެމްއޭގެ ޤަވާއިދުތަކަށް ބަދަލު ގެނެސްފައި ވަނީ، އެ ޖަމިއްޔާއާ އެކުގައި އެމްއެމްއޭއިން ބޭއްވި މަޝްވަރާތަކުގައި ފާހަގަކުރި ކަންކަމަށް އިޖާބަ ދިނުމެއް ނެތި ކަމަށެވެ. 

މަޓީގެ ބަޔާނުގައި ބުނެފައި ވަނި، ބޭރު ފައިސާ އާއި ބެހޭ އާ ގަވާއިދުގައި ހިމެނުއްވުމަށް އެ އޮތޯރިޓީން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަކީ, މި ޖަމިއްޔާއަށް އެއްބަސްވެވޭނެ ކަންތައްތަކެއް ނޫން ކަމުގައި ކަމުގައި އެޖަމިއްޔާއިން އެމްއެމްއޭގެ ވެރިންނަށް ދަންނަވާފައިވާ ވާނެ ކަމަށެވެ. އަދި އެމްއެމްއޭގެ އައު ޤަވާއިދުގައި ހުރި ކަންބޮޑުވުންތައް އެޖަމިއްޔާއިން ފާހަގަކުރި ކަމަށާއި އެހެން ނަމަވެސް އެކަންކަމަށް އެމްއެމްއޭއިން އިޖާބަދީފައި ނުވާކަމުގައި މަޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިއްޔެ އާއްމުކުރި އައު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ތެރެއިން ބޮލަކަށް 500 ޑޮލަރު، އަދި ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ ތެރެއިން ބޮލަކަށް 25 ޑޮލަރުގެ މަގުން ރާއްޖޭގެ ބޭންކިން ނިޒާމްގެ ތެރެއިން ފައިސާ މާރު ކުރަންޖެހެއެވެ. އަދި އައު ޤަވާއިދާއިއެކު މަނީ އެކްސްޗޭންޖުގެ ލައިސަންސް ދިނުމަށްވެސް ނިންމަވާފައި ވަނީ ދިވެހި ފަރާތްތަކަށް އެކަންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.