Advertisement

އާ ސަހަރާ --

05 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

މާލޭ އާސަހަރާގައި އަލުން މީހުން ވަޅުލަން ފަށައިފި

އާސަހަރާ މިސްކިތާއި، ހިނަވާގެ މަރާމާތުކޮށް އަލުން ހުޅުވުމަށްފަހުގައި އާސަހަރާގައި މިއަދުންފެށިގެން އަލުން މީހުން ވަޅުލަން ފަށައިފިއެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީކޮށް އިއްޔެ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒވެ. މިސްކިތް ހުޅުއްވައި ދެއްވުމަށްފަހުގައި އެމިސްކިތުގައި އިއްޔެ ކުރެވުނު ހުކުރު ނަމާދުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވީ، އާ ސަހަރާގައި ، ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމު އިއްޔެއިންފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން މަރާމާތަށްފަހު އެސަހަރާގައި ފުރަތަމަ މީހަކު ވަޅުލާފައި ވަނީ މިއަދުއެވެ.

މޭޔަރު އާޒިމް ވަނީ އާސަހަރާ މަރާމާރުކުރުމުގައި  އެހީތެރިވެދެއްވި މާލޭ ސިޓީކައުންސިލްގެ އެންމެހާ މެމްބަރުން އަދި މުއައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.  އަދި ، އެމަސައްކަތް ނިންމުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ބޭފުޅުންގެ ތެރެއިން ޚާއްޞަކޮށް ، އެލިއާ މޯލްޑިވްސް ، އެޕޯލޯ ހޯލްޑިންގްސް އާއި ހައިމަން ކޮންސްޓްރަކްޝަން އަދި ޕްރޯއޭސީއަށް އާޒިމް ޝުކުރު އަދާކުރެއްވިއެވެ.

މިކަމުގެ ސަބަބުން މާލެ ސިޓީގެ އެތައް ރައްޔިތުންނަކަށް ލުއިކަން ލިބި ، ހިތްހަމަޖެހުން ލިބިގެން ދިއުމަކީ ލިބޭ ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ދެއްވި ފުރުޞަތަށްވެސް ޝުކުރު އަދާކުރައްވާ ކަމުގައި މާލޭގެ މޭޔަރު ވިދާޅުވިއެވެ.

މަރާމާތަށް އާސަހަރާ މިސްކިތާއި، ހިނަވާގެ ބަންދު ކުރުމާއި ގުޅިގެން، މާލެ ސަރަހައްދުގައި މަރުވާ މީހުން ވަޅުލަމުން ގެންގޮސްފައި ވަނީ ހުޅުމާލެ ސަހަރާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.