ސްޓެލްކޯއިން މިހާތަނަށް ހިންގާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢު ހިންގުމަށް ޗައިނާ ކުންފުންޏަކާއި އެކު ފަހުމުނާމާގައި ސޮއިކޮށްފި
މި އެއްބަސްވުމާއި ގުޅޭ މައުލޫމާތު ހާމަކުރައްވައި، އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، ޗައިނާގެ ޓީބީއީއޭ ގްރޫޕު ކޯ ލިމިޓެޑާއެކު ހިންގުމަށް އެއްބަސް ވެވުނު މިމަޝްރޫޢުވެގެންދާނީ އެކުންފުނީގެ ތާރީޚުގައިވެސް މިހާތަނަށް ހިންގޭ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢަށް ކަމަށެވެ.