Advertisement

ސްޓެލްކޯއިން އިމާރާތް ކުރަމުންދާ އައު ބިޒްނަސް ސެންޓަރު -

19 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ސްޓެލްކޯގެ ބިޒްނެސް ސެންޓަރުގެ މަސައްކަތް ނިމުމަކާއި ގާތަށް!

ސްޓެލްކޯގެ މުވައްޒަފުން އިމާރާތް ކުރަމުން ގެންދާ އެކުންފުނީ ބިޒްނަސް ސެންޓަރުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމުގައި އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވެއްޖެއެވެ.

އެމަޝްރޫޢާއި ގުޅޭ މައުލޫމާތު ޙިއްޞާކުރައްވައި، ފަޙްމީ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕާއި ތަޞައްވަރުގެ ދަށުން ސްޓެލްކޯއިން ތަރައްޤީކުރަމުން އަންނަ އެކުންފުނީގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ހަމައަށް ގޮސްފައި ކަމަށެވެ. ފަހުމީ ދިދާޅުވީ، 7500 އަކަފޫޓުގެ އެއިމާރާތަކީ، ދެބުރިއަށް އަޅާ އިމާރާތެއް ކަމަށާއި އެ އިމާރާތުގެ މަސައްކަތް ކުރަމުން އަންނަނީ އެކުންފުނީގެ ހީވާގި މުވައްޒަފުންކަމަށެވެ.

ފަހުމީ ވިދާޅުވީ، އެއިމާރާތް އެޅުމުގެ މަސައްކަތް އެކުންފުނީގެ މުވައްޒަފުން ކުރުމުން ގާތްގަނޑަކަށް 13 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. 

ސްޓެލްކޯގެ ބިޒްނަސް ސެންޓަރުން، އިންޖީނު، ޓްރާންސްފޯމަރު، ކޭބަލް، އަދި ސްޓޯރޭޖް ސިސްޓަމްތައް ހިމެނޭ ގޮތަށް އަދި އިއާދަކުރަނިވި ހަކަތައަށް ބޭނުންވާ އައު ކޮމްޕްރެހެންސިވް ސޮލިއުޝަންތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެ ފުރިހަމައަށް ތައްޔާރުވެފައި އޮތުންވެސް ކަށަވަރު ކުރެވިގެންދާނެކަން ފަޙްމީ ފާހަގަކުރެއްވިއެވެ.

ފަޙްމީ ވިދާޅުވީ، އެމަޝްރޫޢުގެ ކާމިޔާބީ ގުޅިފައި ވަނީ، ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެނައުމަށް މަސައްކަތްކުރައްވަމުންގެންދަވާ ކުރިއެރުންތަކާއި ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.