Advertisement

ސިނގިރެޓް -

18 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ހިއްވަރު ދިނުމުގެ ގޮތުން ސަރުކާރުން އިނާމު ދެނީ

ދުުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން އަނެއްކާވެސް އަލުން އިނާމް ދެއްވަން ފެއްޓެވުމަށް ސަރުކާރުން ނިންމަވައި އެކަން އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ބުދަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށްރަށް ފާހަގަކޮށް އެރަށްރަށަށް އިނާމް ދިނުމަށް ވަނީ ހުށައަޅުއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މީހުން ދުންފަތާއި ދުރު ކުރުމަށް، އެކަށައަޅާ މާސްޓަރ ޕްލޭންގައި، ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން މާސްޓަރ ޕްލޭންގައި ހިމެނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެ މާސްޓަރ ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދޭ ގޮތަށް ހިމެނުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ، ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމެކެވެ. ސަރުކާރުން މިހާރު ވަނީ، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމަށް ނިންމަވައި، އަދި ސިނގިރެޓާއި ބިޑިފަދަ ތަކެތިން ނަގާ ޑިއުޓީ އިތުރަށް ބޮޑު ކުރުމަށް ނިންމާފައެވެ.

ދުުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން މީގެ ކުރިންވެސް ސަރުކާރުން އިނާމް ވަނީ ދެއްވާފައެވެ. 1990ގެ އަހަރުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ނޫޅޭ ރަށްރަށް ފާހަގަކޮށް އެވޯޑުވެސް ދެއްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.