Advertisement

ފުލުހުންގެ އިދާރާ --

15 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ވިފާޤާއި ގުޅޭ ގޮތުން ނޫސްކޮންފަރެންސްގައި ދެއްކި ވާހަކައަށް ފުލުހުން މަޢާފަށް އެދިއްޖެ

ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހިމް އަދުނާނުގެ މަރާއިގުޅިގެން، ޗެނަލް 13 އިން ގެނެސްދިން ޑޮކިއުމެންޓްރީގައި، ފުލުހުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމަށްކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވިފާޤުގެ ވަރަށް ޒާތީ، މައުލޫމާތު ހާމަކުރުމުން އެކަމަށް އާއްމުންގެ ފާޑިކިޔުންތައް އަމާޒުވުމުން ފުލުހުން މަޢާފަށް އެދިއްޖެއެވެ.

ފުލުހުންގެ އިދާރާއިން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، އަލްމަރްޙޫމާ ވިފާގް އިބްރާހިމް އަދުނާނުގެ ވަރަށް ޒާތީ މަޢުލޫމާތު، އޭނާގެ އަބުރާއި ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ހާމަކޮށްފައެވެ. އަދި މުޅި ނޫސްކޮންފަރެންސްގައިވެސް ފުލުހުން ވާހަކަ ދައްކާފައި ވަނީ، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާއި، ފުލުހުންގެ މައްޗަށް ޗެނަލް 13 ކޮށްފައިވާ ތުހުމަތުތައް ދޮގުކުރުމަށެވެ. މިގޮތުން އެކަމަކީ، ދޮގެއްކަން ބަޔާންކޮށްދިނުމަށް ކޮންމެހެން ހާމަކުރަން ނުޖެހޭ، ވިފާޤުގެ ޒާތީ މައުލޫމާތު ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ އިދާރާއިން ރޭ ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، ވިފަޤާއި ގުޅޭ ގޮތުން ފުލުހުން އާއްމުކުރި މައުލޫމާތަކީ، އާއިލާއަށް އެކަން އެނގިގެން އާއްމުކޮށްފައިވާ މައުލޫމާތު ކަމަށެވެ. އަދި އެހާ ތަފްސީލްކޮށް އެމައުލޫމާތު ހިއްސާކުރަން ޖެހުނީ، ވިފާޤުގެ މަރާއިގުޅޭ ގޮތުން ފަތުރާ ވާހަކަތަކާއި ގުޅިގެން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އާދިއްތަ ދުވަހުގެ ނޫސް ކޮންފަރެންސްގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުނުކަން ފުލުހުންގެ ޚިދުމަތުން ފަރާތުން ގަބޫލުކޮށް، އެކަމަށް އެންމެހައި ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.