Advertisement

ސްޓެލްކޯއިން ފަހުމު ނާމާގައި ސޮއެކުރުން ---

16 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ސްޓެލްކޯއިން މިހާތަނަށް ހިންގާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢު ހިންގުމަށް ޗައިނާ ކުންފުންޏަކާއި އެކު ފަހުމުނާމާގައި ސޮއިކޮށްފި

ސްޓެލްކޯއިން މިހާތަނަށް ހިންގާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢު ހިންގުމަށް ޗައިނާ ކުންފުންޏަކާއި އެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި، ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ، މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައެވެ.

މި އެއްބަސްވުމާއި ގުޅޭ މައުލޫމާތު ހާމަކުރައްވައި، އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ،  ޗައިނާގެ ޓީބީއީއޭ ގްރޫޕު ކޯ ލިމިޓެޑާއެކު ހިންގުމަށް އެއްބަސް ވެވުނު މިމަޝްރޫޢުވެގެންދާނީ އެކުންފުނީގެ ތާރީޚުގައިވެސް މިހާތަނަށް ހިންގޭ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢަށް ކަމަށެވެ. 

މިގޮތުން މިއެއްބަސްވުމުގެ ދަށުން ކުރެވޭނެ މުހިއްމު ކަންކަމުގެ ތެރޭގައި، މާލެ، ވިލިގިލި، ގުޅީފަޅު އަދި ތިލަފުށި އެއް ގްރިޑަކުން ގުޅާލައި، އެ ސަރަޙައްދުތަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދެވޭނެ ހަރުދަނާ ނެޓްވޯކެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން، ތެލާއި ގުދުރަތީ ގޭހުން ކަރަންޓް އުފައްދާ 50 މެގަވޯޓުގެ ޕްލާންޓެއްވެސް ޤާއިމްކުރެވޭނެ ކަމުގައި ފަޙްމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ދަނީ ހަކަތައިގެ ޑިމާންޑާއި އެއްވަަރަށް ހަކަތަ އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދުރާލައި ރާވައި އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.