Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު

15 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުލޭ އެއާޕޯޓުގައި މަތިންދާ ބޯޓުތަކުގެ ލަގެޖު އުފުލާ ވެހިކަލެއް ދުއްވަމުންދަނިކޮށް ޑްރައިވަރު މަރުވެއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މަތިންދާ ބޯޓުތަކުގެ ލަގެޖު އުފުލާ ވެހިކަލެއް ދުއްވަމުންދަނިކޮށް ޑްރައިވަރު މަރުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު، 9:28 ހާއިރުގައި ކަމަށެވެ. އެމީހާއަށް ޞިއްޙީމައްސަލައެއް ދިމާވިކަން އެނގުނީވެސް، އޭނާ އޭޕްރަންގައި ދުއްވަމުން ދިޔަ ވެހިކަލް ކޮންޓްރޯލް ގެއްލި، އެއާޕޯޓުގައި މަތިންދާ ބޯޓުތައް ޕާކުކޮށްފައިި އޮންނަ ސަރަހައްދުގައި ކެމެރާ އާއި ލައިޓް ހަރުކުރުމަށް ޖަހާފައި ހުރި ތަނބެއްގައި ބުޑުގައިޖެހި އެކްސިޑެންޓް ވުމުންނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާ ހިނގުމާއި އެކު އެއާޕޯޓުގައި ހުންނަ މެޑިކަލް ކްލިނިކަށް އެމީހާ ވަގުތުން ގެންދެވުނު ކަމަށާއި، އަދު ފަހުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްްޕިޓަލަށްވެސް ގެންދެވުނު ކަމަށެވެ. އެހެން ނަމަވެސް އެއާޕޯޓުގެ ކްލިނިކަށް ގެންދެވުނު އިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށާއި، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމުގެ ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެ ވެހިކަލް ދުއްވަން އިން މީހާއަށް ޞިއްޙީ މައްސަލައެއް ދިމާވެގެން ކަމަށް ވަނީ ބެލެވިފައެވެ. މިހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ނިޔާވި އެމްއޭސީއެލްގެ މުވައްޒަފު، އަސްލަމް އާދަމް --

އެމްއޭސީއެލްއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ހިނގި މިހާދިސާގައި ނިޔާވެފައި ވަނީ، އެކުންފުނީގެ މުވައްޒަފެއްކަމުގައިވާ އަސްލަމް އާދަމްއެވެ. އޭނާ ނިޔާވުމާއި ގުޅިގެން ކުންފުނިން ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ކިޔާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.