ދައުލަތުގެ މާލީ ހިސާބުތައް އާއްމު ކުރުން ހުއްޓާލީ ކުރީ ސަރުކާރުގެ ސަބަބުން ކަމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ
މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ކުރީ ސަރުކާރުގައި ޚަރަދުކޮށްފައިވާ 2 ބިލިއަން ރުފިޔާއަށް ވީނުވީ ގޮތެއް ނޭނގޭ ކަމަށާއި، އެ މުއާމަލާތްތައް ދައުލަތުގެ މާލީ ހިސާބުތަކުގެ ތެރެއަށް ވައްދާފައި ނުވާކަމަށެވެ. އެހެންކަމުން ދައުލަތުގެ ހިސާބުތައް ހަމަޖެއްސޭނޭ ގޮތެއް ބެއްލެވުމަށްޓަކައި އޮޑިޓަރ ޖެނެރަލާއި އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި، އަދި ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވާފައިވާ ކަމުގައި މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.