Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

23 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

މުސާރައިގެ ދެބައިކުޅަ އެއްބައި ނުނެންގެވުމަށް ރައީސް ނިންމަވައިފި

2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން މުސާރަ ތަކަށް ގެންނަވާ ބަދަލުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މުސާރައިން ދެބައިކުޅަ އެއްބައި ނުނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވިކަން އެމަނިކުފާނު ހާަމަކުރެއްވީ، ސިޔާސީ މަޤާމުތަކާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަތައް ކުޑަކުރެއްވުމަށް ނިންމަވައި، އެކަން އިޢުލާނު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މުސާރަފުޅަކީ، 100،000ރ އެވެ. އެހެން ކަމުން، އެމަނިކުފާނު މުސާރައިގެ ދެބައިކުޅަ އެއްބައި ދޫކޮށްލައްވާނަމަ، ދެން އެމަނިކުފާނަށް މުސާރަފުޅުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ، 50،000ރ އެވެ.

ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ މުސާރަފުޅުން %50 އިންސައްތަ ދޫކޮށްލެއްވުމަށް ނިންމެވި އިރު، އެމަނިކުފާނަކީ، ވެރިކަމަށް ވަޑައިގެންނެވި އިރުވެސް މާލީ ގޮތުން ފުދުންތެރި ބޭފުޅެކެވެ. އެހެންކަމުން މުސާރަފުޅުން ބައެއް ދޫކޮށްލުމަކީ، އެމަނިކުފާނަށް ދަތިފުޅުވާނެ ކަމެއް ނޫނެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވި، ރައީސް ޢަބުދުﷲ ޔާމީންވެސް އެމަނިކުފާނުގެ ދައުރުގެ ފުރަތަމަކޮޅުގައި، މުސާރަފުޅުން ދެބައިކުޅަ އެއްބައި ދޫކޮށްލެއްވިއެވެ. އެހެން ނަމަވެސް ފަހުން އެމަނިކުފާނު ހަމަ މުސާރަ ނަންގަވަން ފެއްޓެވީ، އެމަނިކުފާނުގެ އާއިލާގެ މާލީ ޙާލަތާއި ގުޅިގެން ކަމުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ރަށުމީޙާ
މުސާރަ އެއްގޮތަކަށް ވެސް ނުނަގާ އެލަވަންސް ތަކުން ދެގުނަ ބޮޑުކޮށްލާ! ހުރިހާ ރައްޓެހިންނާ ތިމާގެ މީހުން މުލިއާގެއަށް ނޫނީ އާރަށަށް ބަދަލުކޮށްފަ ދައުލަތުގެ ޚަރަދުގަ ހުރިހާ ކަމެއް ހަމަޖެއްސީމަ މުސާރަ ނުނެގިޔަސް ވާނެ.
24 Oct 2024
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.