Advertisement

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު --

24 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ސަޕްލިމެންޓްރީ ބަޖެޓް ހުށައަޅަން ޖެހުނީ ކުރީ ސަރުކާރުގެ ސަބަބުން: ފިނޭންސް މިނިސްޓަރ

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދިން 49.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓު ހުސްވެ، އިތުރު 5 ބިިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓު ހުށައަޅުއްވާފައި ވަނީ، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅަން ޖެހުނީ، ކުރީ ސަރުކާރުން ބަޖެޓް ހުށައެޅުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށެވެ. މިގޮތުން، މިއަހަރުގެ ބަޖެޓަކީ ކުރީ ސަރުކާރުން ހުށައެޅި ބަޖެޓެއް ކަމަށާއި، މިސަރުކާރުން ގެންނަން ބޭނުންވި މާލީ ރިފޯމްތަަކަށް ބަޖެޓުގައި ކުރީ ސަރުކާރުން އަލިއަޅުވާލާފައި ނުވާކަމަށެވެ.

މިނިސްޓަރ ޒަމީރު ބަޖެޓު ހުށައަޅުއްވައި ދެއްވަމުން ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓުގެ ޖުމުލަ އަދަދަކީ، ފަސް ބިލިޔަން އެއް ސަތޭކަ ނަވާރަ މިލިޔަން ފަސްލައްކަ އަށްހާސް އެއް ސަތޭކަ ނަވާވީސް ރުފިޔާ ކަމަށެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓުގައި ކަނޑައަޅާފައި ވަނީ، ސަރުކާރުގެ ރިކަރަންޓް ޚަރަދަށް 1.5 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދަށް 3.5 ބިލިޔަން ރުފިޔާކަމުގައިވެސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ހިމަނާފައި ވަނީ ޕީއެސްއައިޕީ މަޝްރޫޢުތަކަށެވެ. ޕީއެސްއައިޕީ މަޝްރޫޢުތަކަށް 2 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ހިމަނާފައި ސަބްސިޑީއަށެވެ. ސަބްސިޑީތަކަށް 1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކޮންޓިންޖެންސީ ބަޖެޓަށް 600 މިލިއަން އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް 441 މިލިއަން ދިނުމަށް ވަނީ ހިމަނާފައެވެ. އަދި އާސަންދަ އާއި އެންސްޕާގެ ދަށުން، ބޭސްފަރުވާގެ އެހީ ދިނުމަށް 262.6 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. 

މީގެ އިތުރުން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށްވެސް އިތުރު 24.4 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

ސަޕްލިމެންޓްރީ ބަޖެޓާއި އެކު މިއަހަރުގެ ބަޖެޓުގެ ޖުމުލަ އަދަދު 56 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.