Advertisement

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު --

19 Oct 2024
ޚަބަރު

މިމަހާއި މިއަންނަ މަހަކީ ދައުލަތުގެ ކޭޝްފްލޯ އެންމެ ދަތިވާނެ ދެމަސް: ފިނޭންސް މިނިސްޓަރ

މިހިނގާ މަހާއި ކުރިޔަށް އޮތް މަހަކީ، ދައުލަތުގެ ކޭޝްފްލޯ އެންމެ ބޮޑަށް ދަތިވާނެ ދެމަސް ކަމުގައި، މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދައުލަތުގެ މާލީ ރިޕޯޓްތައް އާއްމު ކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މައުލޫމާތު ޙިއްޞާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ދައުލަތުގެ ކޭޝްފްލޯ ރަނގަޅުވާ ވަރަކުން، މިނިސްޓްރީ އޮފް ފިނޭންސުން ކުންފުނިތަކަށް ދޫކުރަންޖެހޭ ފައިސާ ދޫކުރަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް މިހިނގާ މަހާއި އަދި ކުރިޔަށް މިއޮތް ނޮވެމްބަރު މަހަކީ، ދައުލަތުގެ ކޭޝްފްލޯ އެންމެބޮޑަށް ތާށިވާނެ ދެމަސްކަމުގައި މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް އަދިވެސް އިތުރު ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. މިގޮތުން މިހާރު ސަރުކާރުގެ ކުންފުނިތަކަށް ގެންނަވާފައިވާ ބަދަލުތަކަކީވެސް އިޤުތިޞާދީ ރިފޯމްގެ މުހިއްމު ބައެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މިދިޔަ ދުވަސްތަކުގެ ތެރޭގައި ބައެއް ކުންފުނިތައް މާޖުކުރުމާއި، އަނެއްބައި ކުންފުނިތަކުގެ އާމްދަނީ ރަނގަޅު ކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއިއެކު ކެބިނެޓުގައި ވަރަށް ގިނަ މައްސަލަތައް ރައީސް ނިންމަވައި ދެއްވައިފި. އެހެންވީމާ އެކަންކަން އިމްޕްލިމެންޓް ކުރެވެމުންދާނެ. ހަމަ އެއާއިއެކުގައި، ކައިރި މުސްތަޤުބަލެއްގައިވެސް އިތުރަށް ކުރިޔަށް ހުރި، ކަންތައްތައް ކުރާނަން." 

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު --

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އިތުރަށް ވިދާޅުވީ، ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ކަންތައްތަކަކީވެސް އޭގައި ރައްޔިތުންނާއި ގުޅުން ހުރި ، އަދި ޖަވާބުދާރީވުމަށްޓަކައި ކުރަންޖެހޭ އެއްކަންތައް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ސިޔާސީ މަޤާމުތަކުން 228 މީހުން ވަކިކުރެއްވުމަށް ނިންމަވައި އެކަން އިއުލާނުކުރައްވާފައެވެ. އެހެން ނަމަވެސް ސިޔާސީ މަޤާމުތަކުން ވަކިކުރައްވާ ބޭފުޅުންނަކީ ކޮބައިކަމެއް އަދި ސަރުކާރުން ހާމައެއް ނުކުރައްވައެވެ.

މާލީ ދަތިތަކުގެ ތެރޭގައި ދައުލަތް އޮތް އިރު، ދައުލަތުން އަމިއްލަ ކުންފުނިތަކަށް ދޫކުރަންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނިތައް ދަނީ ބަނގުރޫޓުވަމުންނެވެ. އަދި އިޤުތިޞާދީ ކާރިސާއެއްގެ ތެރެއަށް ދިވެހިރާއްޖެ ވެއްޓި، ދައުލަތް ބަނގުރޫޓު ވެދާނެ ކަމުގެ އިންޒާރުވެސް މާލީ އިދާރާތަކުން ގެންދަނީ ދެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.