Advertisement

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވާއިދާ ޚިލާފަށް މިއަދު ވަދެ އުޅުނު ބޭރުގެ މަސްބޯޓު --

19 Oct 2024
ޚަބަރު

ކަނޑުގެ ސަރަހައްދު ނުބެލެހެއްޓޭނަމަ ދިވެހި މަސްވެރިކަމަށް ނުރައްކާވާނެ: މައުރޫފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުބެލެހެއްޓޭނަމަ ދިވެހި މަސްވެރިކަމަށް ނުރައްކާވާނެކަމުގައި ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މައުރޫފް ޒާކިރު، މިކަންބޮޑުވުން ފާޅު ކުރައްވާފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދާ ބޭރުގެ މަސްބޯޓެއްގެ ފޮޓޯ އާއި ވީޑިއޭ އެކްސްގައި އާއްމު ކުރައްވައި ލިޔުއްވި ޕޯސްޓްގައެވެ.

މައުރޫފް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވައިދާއި ހިލާފަށް ދ އަތޮޅާދިމާލުން 100 މޭލު ބޭރުގައި ބޭރުގެ މަސްބޯޓެއް މަސްވެރިކަން ކުރަމުންދާ ކަމަށެވެ. އަދި އެމައުލޫމާތު ކޯސްޓްގާރޑާއި ހިއްސާކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ގެނައި، ޑުރޯންގެ ހަބަރެއް ނުވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތައް ވަގަށް ވަދެ މަސްވެރިކަން ކުރަމުންދާ މައްސަލައިގައި މަސްވެރިން އަބަދުވެސް އައީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި ރާއްޖޭގެ ސަރަހައްދުން ދޭތެރެ ދޭތެރެއިން އެފަދަ މަސްބޯޓުތައް ކޯސްޓްގާޑުން އަތުލައިވެސް ގަނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.