Advertisement

ސަރުކާރުން ގަތް ޑްރޯން މާފަރު އެއާޕޯޓުގައި --

22 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

މި ސަރުކާރުން 570 މިލިއަން ރުފިޔާއަށް ގަތް ޑްރޯން ބޭނުން ނުކުރާ ސަބަބާއި ގުޅޭ ގޮތުން މަޖިލީހުގައި ސުވާލު ކުރަނީ

މިސަރުކާރުން ރާއްޖޭގެ ވައިގެ ސަރަހައްދު ބެެލެހެއްޓުމަށްޓަކައި ގަތް ޑްރޯން ބޭނުންކުރޭތޯ ބެލުމަށް، ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނާއި ސުވާލުކުުރަން މަޖިލީހަށް ހުށައަޅައިފިއެވެ.

މަޖިލީހަށް ޑިފެންސް މިނިސްޓަރ ހާޟިރުކޮށް ސުވާލު ކުރެއްވުމަށް ހުށައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީގުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމެވެ. 

މީކާއީލް ޑިފެންސް މިނިސްޓަރާއި ކުރެއްވުމަށް ހުށައަޅުއްވާފައިވާ ސުވާލަކީ، 570 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދެއް ދައްކައިގެން ސިފައިންގެ ޚިދުމަތުގައި ބޭނުން ކުރުމަށް ދިވެހިރާއްޖެއަށް ގެނެސްފައިވާ ޑްރޯންތަކުގެ ބޭނުން ކުރަންފަށާފައި ވޭތޯ އާއި އެޑްރޯންތައް ބޭނުންކޮށްފައި ވަނީ ކޮންކޮން ކަންކަމަަކަށްތޯ ސާފު ކުރެއްވުމަށް ހުށައަޅުއްވާފައިވާ ސުވާލެވެ.

ޑްރޯންތައް ގެނައިފަހުން ގާތްގަނޑަކަށް އެއް އަހަރުވުމާއި ގާތްވެފައި ވާއިރު، ޑްރޯން ބޭނުންކޮށްން އޮޕަރޭޝަނެއް ހިންގިކަން އެމްއެންޑީއެފްއިން ހާމަކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ މ. ރަތްމަންދޫ ބޭރުން އެޕްރީލް 20، ގައި ގެއްލުނު ދޯންޏެއް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.