Advertisement

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ---

19 Oct 2024
ޚަބަރު

މިސަރުކާރަށް ހިންގުނު މަޝްރޫއެއް ނެތް: ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު

މިސަރުކާރަށް އަހަރެއް ފުރިހަމަވާން ގާތްވިއިރު، އެއްވެސް ތަރައްޤީގެ މަޝްރޫއެއް ހިންގިފައި ނުވާކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މިސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިސަރުކާރުގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ވަނީ، ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ އެކަން ބަލަމުންދާކަން ހާމަކުރައްވާފައެވެ. 

އެކަމަށް ރައްދުދެއްވައި، ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު އެކްސްގައި ލިޔުއްވި ޕޯސްޓުގައި ވިދާޅުވީ، އެ އޮޅުވާލުން އޮޅުވާނުލާވެސް، ސަޕްލެމެންޓަރީ ބަޖެޓު ހުށަހެޅިދާނެކަމަށެވެ. އަދި މިސަރުކާރަށް އަހަރު ވެގެންދާއިރު ހިންގުނު އެއްވެސް ތަރައްޤީގެ މަޝްރޫއެއް ނެތް ކަމަށާއި، އިޤްތިޞާދީ ގިނަ ހަރަކާތްތައް ހުއްޓިއްޖެ ކަމުގައިވެސް ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ރަށް ރަށުގެ އިޤްްތިސާދުތައް ހުއްޓިއްޖެ. މަސްވެރިން ބިކަވެއްޖެ. ތަފާސް ހިސާބުތައް ޝާއިއު ނުކޮށް ތި އުޅެނީ، އެއްވެސް މަޝްރޫއެއް ނުހިނގާ އިރުވެސް، ބަޖެޓުގެ ޚަރަދު ބޮޑުވެ، އިސްރާފުތައް ގިނަވެ، އަސްލު ހަޤީޤަތް އޮޅުވާލަން."

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު --

ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، 49.9 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވިއިރު ހާލަތައް ހެޔޮ ބަދަލެއް އައީ ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ހާހުން ތިބި މީހުންނާއި ކުންފުނި ތަކުގައި ތިބި އެކްޓިވިސްޓުންނަށް އެކަނިކަމަށެވެ. އަދި ބަލާ ކަމެއް ބަލާފަވެސް ތަފާސް ހިސާބުތައް ޝާއިއުކުރާހާ ދުވަސްވެއްޖެކަމުގައި އަމީރު ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމަށް އައުމަށް ފަހުގައި، މިއަހަރުގެ އޮގަސްޓްމަހުން ފެށިގެން ވަނީ، ދައުލަތުގެ މާލީ ހިސާބުތައް އާއްމުކުރުން ހުއްޓާލާފައެވެ. އެހެންވެ އެކަމުގެ ކަންބޮޑުވުންތައް އާއްމުން ގެންދަނީ ފާޅު ކުރަމުންނެވެ.

ކޮމެންޓް
އަލިފު ޙާ!
މުޅިދައުލަތް ފުނޑާލައި، ހުޅުމާލޭގައި ބޮޑެތި ފިހާރަތައް ހުޅުވާފައި ގޮސްހުރެ މިކިޔަނީ ގުދޯގުދޯ، ފިނޭންސްގައި ނެތް މީނާ އަތް ނުބާނާ އެންމެ އެކުންޓެއްވެސް!
19 Oct 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.