ޚަބަރު
ޚަބަރު
05 Nov 2024
ޚަބަރު
މޯބައިލް ފިހަރާ ފަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރި އިރު، އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން، 9 މޯބައިލްފޯނުފެނިފައިވާ ކަމަށެވެ.
05 Nov 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުއްޓަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. "ހަށިހެޔޮ ރާއްޖެ" ޕްރޮގުރާމަށް ލީޑާރސް ތަމްރީނުކުރުމަށްޓަކާ ހަ ޒޯނަކަށް ބަހާލައިގެން، "ލީޑިން ލީޑަރސް"ގެ ނަމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، މިހިނގާ ނޮވެންބަރ މަހުގެ 4 ވަނަދުވަހު ފަށާފައިވާ ޕްރޮގްރާމެކެެވެ.
05 Nov 2024
ޚަބަރު
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން މާލެ ކެމްޕަސް ހުޅުވައިފި
މިރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ، މާލޭގެ ސީ.އެޗް.އެސް.އީ އިމާރާތް ހުޅުމާލޭގައި އެޅުމާއި ގުޅިގެން ގިނަ ދަރިވަރުންތަކެއް މާލެއިން ސީ.އެޗް.އެސް.އީ. ހުޅުމާލެއަށް ދަތުރުކުރަންޖެހުމަކީ ވަރަށް ތަކުލީފުބޮޑު، އެކަމުގެ އުނދަގޫކަން ގިނަ ރައްޔިތުންނަށް އިހުސާސުވި ކަމެއް ކަމަށާއި މިކަމުގެ ޝަކުވާތައް އަޑުއައްސަވާ، މާލޭގައި އަލުން ސީ.އެޗް.އެސް.އީ ހުޅުވައި، ގާތުން ތަޢުލީމު ދިނުމުގެ ސިޔާސަތު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ޝުކުރުވެރިކަމާއެކު މުޅި ތަޢުލީމީ ދާއިރާގެ އެންމެހާ ބޭފުޅުން ފާހަގަކުރައްވާ ކަމެއް ކަމަށެވެ.
04 Nov 2024
ޚަބަރު
ފަސް ކިލޯގެ މަސްތުވާތަކެއްޗާއި އެކު ތިން މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ / ފާގަތިގެ، އަަޙްމަދު ނަޞީރު (45އ)، ގއ. ކަނޑުހުޅުދޫ / ނެސްޓް، ޢަލީ އައިހަމް (18އ) އަދި ރޮހަމާން، ބަނގްލަދޭޝް (29އ) ކަމަށެވެ.
04 Nov 2024
ޚަބަރު
ގުރޭޑް 10 ނިމޭ ދަރިވަރުން ސިފައިންގެއަށް ވެއްދުމުގެ ޕްރޮގްރާމެއް އަލުން ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސާނަވީ ތަޢުލީމު ނިންމުމަށްފަހު އެކި ސަބަބުތައް މެދުވެރިވެގެން ތަޢުލީމީ ޙަޔާތް ކުރިއަށް ގެންދެވެން ނެތް، އަދި ވަޒީފާގެ ފުރުޞަތުވެސް ތަނަވަސްވެފައި ނެތް، 16 އަހަރުން މަތީގެ ދިވެހި ދަރީން، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިކޮށް، ދިވެހި ޢަސްކަރިއްޔާ ނުވަތަ ފުލުހުންގެ ޚިދުމަތަށް ރެކްރޫޓް ކުރެވޭނެ ކަމަށެވެ.
04 Nov 2024
ޚަބަރު
ނޮވެމްބަރު 3 ގެ ޝަހީދުންގެ އާއިލާތަަކަށާއި މެޑަލް ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޚާއްޞަ އެލަވަންސެއް ދެއްވަނީ
އެމަނިކުފާނު ވިދާޅުވީ، މި އަންނަ އަހަރުން ފެށިގެން، ޝަހީދުންގެ ޢާއިލާތަކަށާއި، 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބިވަޑައިގަތް 5 ބޭފުޅުންނާއި، މެޑަލް ފޯ ބްރޭވަރީ ލިބިވަޑައިގެންފައިވާ 10 ބޭފުޅުންނަށް ސަރުކާރުން ޚާއްޞަ އެލަވަންސެއް ދެއްވާނެކަމަށެވެ. އަދި މި އެލަވަންސް ދެއްވަމުން ގެންދަވާނީ، ކަނޑައެޅޭ، ގެޒެޓްކުރެވޭ އުޞޫލެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
04 Nov 2024
ޚަބަރު
ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޫސާ ޢަލީ ޖަލީލަށް އަރުވައިފި
މި ޢިއްޒަތް، ނ.ޢ.ވ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
03 Nov 2024
ޚަބަރު
އަލުން ބަޖެޓް ހުށަހެޅުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީް ނެރުނު ބަޔާނުގައި ބުނީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ހުޅަހަޅާފައިވާ ބަޖެޓެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިއްޔެ ވަނީ އިއުތިރާފުވެވަޑައިގެންފައި ކަމަށެވެ. އެހެންކަމުން 31 އޮކްޓޫބަރު 2024 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މުރާޖާކޮށް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ގާނޫނުން ލާޒިމުކުރާ ހަގީގީ އަދަދު ހިމަނައި އަލުން ބަޖެޓް ހުށަހެޅުމަށް ސަރުކާރަށް ގޮވާލާ ކަމުގައި އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
03 Nov 2024
ޚަބަރު
ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ރައީސް ހުޅުއްވައި ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ސިފައިންގެ މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. އަދި މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަޞްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ.
02 Nov 2024
ޚަބަރު
ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓް ކައުންސިލްތަކަށް ލިބޭނެ : ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ކައުންސިލްތަކަށްލިބޭ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދެއްވުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމާމަވާފައިވާ ކަމަށެވެ.
01 Nov 2024
ޚަބަރު
މިހާތަނަށް، 248 ސިޔާސީ މީހުން ވަކިކޮށްފި
ހީނާ މިހެން ވިދާޅުވީ، ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ޢަމާޒަށް ވާޞިލް ނުވެވޭކަމަށް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކުރަންފެށުމާއި އެކުގައެވެ.
01 Nov 2024
ޚަބަރު
ވެވަޑައިގެންނެވި ކޮންމެ ވައުދަކާއި ރައީސް ދަނީ ޚިލާފުވެވަޑައިގަންނަވަމުން: ފައްޔާޒު
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މިފެންނަމުންދަނީ، ރައީސުލްޖުމްހޫެރިއްޔާ ވެވަޑައިގެންފައި އޮތް ކޮންމެ ވަޢުދަކާއިވެސް ޚިލާފަށް ޢަމަލުކުރައްވަމުން ގެންދަވާ މަންޒަރު ކަމަށެވެ. އަދި ކޮންމެ ކަމަކަށްވެސް މިސަރުކާރުން ދައްކަމުން އަންނަނީ، ކުރީ ސަރުކާރުގެ ބަހަނާ ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.
01 Nov 2024
ޚަބަރު
ރައީސްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް ސިޔާސީ މުވައްޒަފުން މަޤާމުން ވަކި ނުކުރެވުނު
މި ހުސްވި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި، 228 ސިޔާސީ މުވައްޒަފުން މަޤާމުން ވަކިކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެމުއްދަތު އިއްޔެ ފަހަނަ އެޅިއިރު، 228 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަމެއް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.
01 Nov 2024
ޚަބަރު
ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރުމަށް ޤާނޫނަށް ގެނައި އިސްލާޙް ތަސްދީޤު ކުރައްވައިފި
މި ބިލުން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި، އިލެކްޓްރޯނިކް ސިގިރެޓް އަދި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްތަކާއި، ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓްތަކާއި، އެ އެއްޗެހީގެ ބައިބައި ޤާނޫނަށް އިތުރުކޮށް އެއިން ޑިއުޓީ ނެގުމާއި މިހާރު ނަގަމުން އަންނަ ޑިއުޓީތައް ބޮޑު ކުރުމެވެ.
31 Oct 2024
ޚަބަރު
އޮޅުވާލައިގެން މީހަކު ގެއަކަށް ވައްދައި ފޭރުނު އަންހެނަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެ، މއ. ފޯޗިއުން، ފާޠިމަތު ޢަލީ (37އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، ރޭ 22:08 އެހާއިރު ބަނގްލަދޭޝް ފިރިހެނަކު ގަލޮޅު ގެއަކަށް އޮޅުވާލައިގެން ގެންގޮސް ވަޅިން ބިރުދައްކައި ފޭރުނު މައްސަލައަކާއި ގުޅިގެންނެވެ.
31 Oct 2024
ޚަބަރު
ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަން ހުއްޓުވަން ޤާނޫނަށް އިސްލާޙް ގެންނަނީ
އެގޮތުން، ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.