Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

04 Nov 2024
ޚަބަރު

ނޮވެމްބަރު 3 ގެ ޝަހީދުންގެ އާއިލާތަަކަށާއި މެޑަލް ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޚާއްޞަ އެލަވަންސެއް ދެއްވަނީ

މި އަންނަ އަހަރުން ފެށިގެން، ޝަހީދުންގެ ޢާއިލާތަކަށާއި، ނޮވެމްބަރު 3 ގެ މެޑަލް ލިބިލައްވާފައިވާ ބޭފުޅުންނަށް، ސަރުކާރުން ޚާއްޞަ އެލަވަންސެއް ދެއްވުމަށް ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވައިފިއެވެ.

މިކަން އިޢުލާނު މިރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ.

އެމަނިކުފާނު ވިދާޅުވީ، މި އަންނަ އަހަރުން ފެށިގެން، ޝަހީދުންގެ ޢާއިލާތަކަށާއި، 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބިވަޑައިގަތް 5 ބޭފުޅުންނާއި، މެޑަލް ފޯ ބްރޭވަރީ ލިބިވަޑައިގެންފައިވާ 10 ބޭފުޅުންނަށް ސަރުކާރުން ޚާއްޞަ އެލަވަންސެއް ދެއްވާނެކަމަށެވެ.  އަދި މި އެލަވަންސް ދެއްވަމުން ގެންދަވާނީ، ކަނޑައެޅޭ، ގެޒެޓްކުރެވޭ އުޞޫލެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުން ކުރާ މި ފަދަ ކަމަކުން، ޝަހީދުންގެ ޖިހާދުގެ އަގެއް ނުދެއްކޭނޭ ކަމުގައްޔާއި ޢާއިލާތަކުގެ ހިތާމަތައް ފިލުވައި ނުދެވޭނޭކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ، ދައުލަތުން، ކުޑަމިނުން، މާލީ އެހީތެރިކަން ފޯރުކޮށްދެއްވަން ވާނޭ ކަމުގައި ވިދާޅުވެފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި 29 ސިފައިންނާއި، 2 ފުލުހުންނާއި ޢާއްމުންގެ 11 މީހުން، ޤައުމީ ޚިދުމަތާ ގުޅުންހުރި އެކި ޙާލަތްތަކުގައި ދިމާވި ޙާދިސާތަކުގައި މި ދުނިޔެ ދޫކޮށްފައި ވީ ނަމަވެސް، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުން އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމީ ބޭއިންސާފެއް ކަމަށެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދައުރުގެ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، "ޝަހީދުންގެ ހިޔާ"ގެ ނަމުގައި 50 ހައުސިން ޔުނިޓުގެ ހައުސިން އިމާރާތެއް އަޅައި ނިންމައި، ޝަހީދުންގެ ޢާއިލާތަކާއި ހަވާލުކުރައްވާނޭކަމަށެވެ.

ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ 8 ބޭކަލުންނާއި އާއްމުންގެ ތެރެއިން 11 މީހުން މަރުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.