Advertisement

ރާއްޖޭގައި ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ކޯޑިނޭޝަން ވޯކްޝޮޕް --

06 Nov 2024
ޚަބަރު

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ކޯޑިނޭޝަން ފުޅާކުރެއްވުމަށް މަޝްވަރާކުރައްވައިފި

ދިވެހި ސަރުކާރާއި އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން ދިވެހިރާއްޖޭގައި ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ކޯޑިނޭޝަން ފުޅާކުރެއްވުމުގެ މަޝްވަރާތައް ކުރައްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުން ބާއްވާފައިވަނީ މި ނޮވެމްބަރ މަހުގެ 4 އިން އިއްޔެގެ ނިޔަަލަށް މާލޭގައެވެ. 

މިފަދަ މަސައްކަތު ބައްދަލުވުމެއް ބޭއްވެވުމުގެ ބޭނުމަކީ ޤައުމީ ފެންވަރުގައި ކަންބޮޑުވާ ވަރުގެ ބޮޑެތި ހާދިސާތައް، މިސާލަކަށް ބޮޑު ކާރިސާއެއް ނުވަތަ ޓެރަރިޒަމްގެ ހާދިސާއެއްގެ ހާލަތުގައި ސަރުކާރުގެ އެކިއެކި ގުނަންތަކުގެ މެދުގައި އޮތް ގުޅުމާއި މުވާސަލާތު ކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް އަމާޒުކޮށް އެކިއެކި އެޖެންސީތަކުގެ މެދުގައި ގުޅިގެން ކުރެވޭ މަސައްކަތް އިތުރަށް ބަދަހިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ 13 މިނިސްޓަރީއަކާއި އެޖެންސީއަކުން ބައިވެރިވިއިރު މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ ކާމާބެހޭ އިނގިރޭސިވިލާތުގެ މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.