ޚަބަރު
14 Nov 2024
ޚަބަރު
އެން.އައި.ސީގެ މެމްބަރު ކަމަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި, މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 20 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 އާ ހަމައަށެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.
14 Nov 2024
ޚަބަރު
ސަރުކާރުން ހުށައަޅާފައި މީޑިއާ ކޮމިޝަންގެ ބިލާއި ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
އެމްޑީޕީގެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންކަމުގެ ތެރޭގައި، ކޮމިޝަން އެކުލެވޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ހަތަރު މެމްބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެމްބަރުންގެ މައްޗަށް ކަމުގައި ވުމާއި، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވުން ހިމެނެއެވެ.
13 Nov 2024
ޚަބަރު
ލީޑަރުންގެ ވަޢުދު ތަކަކީ ނަތީޖާ ނެރޭ އެއްޗަކަށް ވާންޖެހޭ: ރައީސް
މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި އަދުގެ މާލީ ނިޒާމު ނާކާމިޔާބު ވެފައިވާކަމަށާއި، މާލީ ވަޞީލަތްތައް ނެތި ތިބެ ހިފާ އަމާޒުތަކަކީ ހަމައެކަނި އުއްމީދުތަކެއްކަމުގައި ހާމަކުރައްވާފައެވެ.
11 Nov 2024
ޚަބަރު
ތިން ކަމެއްގައި އާއްމު ޚިޔާލު ހޯދުމުގެ ވޯޓެއް ނަންގަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިގޮތުން އާއްމު ޚިޔާލު ހޯދުމުގެ ވޯޓު ނެންގެވުމަށް ނިންމަވާފައި ވަނީ، ރިޔާސީ އިންތިޚާބުގެ އެންމެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކަށް ވެރިކަމަށޤ އާދެވޭ ގޮތަށް ބަދަލުކުރައްވައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބާއްވާގޮތަށް ހަމަޖެއްސެވުމަށާއި، ރިޔާސީ ދައުރު ފެށޭ ދުވަސް ކަމުގައިވާ ނޮވެމްބަރު 11 ގައި އަލުން އައު ރައީސް ހުވާކުރައްވާ ގޮތަށް ހަމަޖެއްސުމަށާއި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމަށެވެ.
11 Nov 2024
ޚަބަރު
ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް، ރިޔާޒުގެ ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރިޔާޒު ސަރަހައްދުގެ ޑެޕިއުޓީ ގަވަރނަރ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒެވެ.
11 Nov 2024
ޚަބަރު
ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދޭނަން: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، މިސަރުކާރަކީ އިންތިޚާބު ގާތްވީމާ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަތިން ހަނދާންވާނޭ ސަރުކާރެއް ނޫންކަމަށެވެ. މިސަރުކާރުން އެންމެ އިސްކަންދެނީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އެކަނިވެސް 1.5 ބިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
11 Nov 2024
ޚަބަރު
ޚާއްޞަ އިނާމު 40 ބޭފުޅަކަށް އަދި ދިގުމުއްދަތުގެ ޚިދުމަތުގެ އިނާމު 53 ބޭފުޅަަކަށް ދެއްވައިފި
ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި، ހަނދާނީ ލިޔުމެކެވެ. މި އަހަރުގެ ޚާއްޞަ އިނާމު 40 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނެނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކެވެ.
11 Nov 2024
ޚަބަރު
ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. ޒާހިރު ޙުސައިނަށް އަރުވައިފި
ޑރ.ޒާހިރު ޙުސައިނަށް މި ޢިއްޒަތް އަރުވާފައި ވަނީ، ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި. މި ޝަރަފު، އެ މަނިކުފާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުވުމަށް އިޚްލާޞްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
10 Nov 2024
ޚަބަރު
ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖާ ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅު ކުއްޖާ ފެނުނު އިރު ހާލު ރަނގަޅު ކަމަށާއި، ކުއްޖާ މިހާރު ހުރީ އާއިލާގެ ކައިރީގައި ކަމަށެވެ. ކުއްޖާ ގެއްލުނު ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރުއެވެ.
09 Nov 2024
ޚަބަރު
އައްޑޫ ޒުވާނެއްގެ މަރާއި ގުޅިގެން ސުވާލުތަކެއް އުފެދިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނިޔާވެފައިވާ އެ ޒުވާނާ އަކީ، އެއްވެސް މައްސަލައެއްގެ ހެކިވެރިއެއްގެ ގޮތުގައި ގެނެސްފައިވާ މީހެއް ނޫންކަމަށާއި، އަދި ތުހުމަތު ކުރެވޭ މައްސަލައެއްވެސް އޮތް މީހެއް ނޫންކަމަށެވެ.
09 Nov 2024
ޚަބަރު
ޤައުމީ ތަރައްޤީގެ ބޮޑެތި ޕްލޭންތަކެއް ހެދުމުގެ ބޭނުމެއް ނުފެނޭ: ކުރީގެ ފިނޭންސް މިނިސްޓަރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ޤައުމީ ތަރައްޤީގެ ބޮޑެތި ޕްލޭންތަކެއް ހެދުމުގެ ބަދަލުގައި، ޕާޓީ ހައިރާކީއާ އެއްގޮތަށް ބަހާލީމަ ނިމުނީ ކަމަށެވެ. އަމީރު މިކަމަށް ފާޑު ވިދާޅުވީ، އާބަން ސެންޓަރުގެ ގޮތުގައި ރަށްތައް ކަނޑައެޅުމުގައި އަމަލުކޮށްފައިވާ ގޮތުންނެވެ.
09 Nov 2024
ޚަބަރު
މިސަރުކާރުން އާބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރާ ރަށްތަކުގެ ލިސްޓު ހާމަކޮށްފި
އާބަން ސެންޓަރުގެ ގޮތުގައި މިރަށްތަށް ކަނޑައަޅައި މިއިއުލާނުކުރީ، ހިޔާވެހި ފައިނޭންސިންގ ސްކީމަށް ހުޅުވާލި އިރު އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކުގައި ގޯތި ގެދޮރު އިމާރާތް ކުރުމަށް، 3 މިލިއަން ރުފިޔާ އާއި ހަމައަށް ލޯނުދޭން ކަނޑައެޅުމަށް ފަހުގައެވެ.
09 Nov 2024
ޚަބަރު
މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުނުކަމަށް ބުނާ މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި މީހުން ބައިވެރިވެގެން، މީހަކު ރަހީނުކޮށްގެން އިނގިލި ބުރިކޮށްލަން އުޅުނީ، ހިޔާގެ 9 ވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓެއްގެ ތެރޭގައެވެ. އެހެން ނަމަވެސް މި ގުރޫޕުން އެމީހާ ރަހީނުކުރީ ކީއްވެގެން ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
09 Nov 2024
ޚަބަރު
ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. ޒާހިރު ޙުސައިނަށް އަރުވަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާޞްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
08 Nov 2024
ޚަބަރު
ސްޓަރޑީ ޓުއަރގައި ރާއްޖެއައި ސިންގަޕޫރު ކުއްޖަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެ
08 Nov 2024
ޚަބަރު
ގޭންގުތަކަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ހޯމް މިނިސްޓަރ
މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ހިޔާޓަވަރެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅޭކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން އެމީހާ ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނަށް ފަހުގައި، ރާއްޖޭގެ މީޑިއާތަކަށް ދެއްި ބަސްދީ ގަތުމުގައެވެ.