ޚަބަރު
ޚަބަރު
07 Jan 2025
ޚަބަރު
ރައީސް ހުވަދު އަތޮޅަށް ވަޑައިގެންފި
އެގޮތުން ހުވަދުއަތޮޅު ދެކުނުބުރިން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަަށް ކަމަށާއި، ހުވަދުއަތޮޅު އުތުރުބުރީން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
07 Jan 2025
ޚަބަރު
މަސްތުވާތަކެތިން މީހުން ސަލާމަތްކޮށް ދިނުމަށް ކައުންސިލަރުން ބިނާކުރަނީ
އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ، އެފަރާތްތަކާއި އެކު ކުރިޔަށް ގެންދެވުނު މަޝްވަރާތަކުގެ ބޭނުމަކީ، ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަސްތުވަތަކެތީ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުން ކަމަށެވެ. މިގޮތުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމަކީ މައިގަނޑުގޮތެއްގައި އޮންލައިންކޮށް ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމެއް ނަމަވެސް މި ޕްރޮގްރާމުގެ ބައެއް ބައިތައް ކްލާސްތަކަށް ހާޒިރުވެ ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.
07 Jan 2025
ޚަބަރު
މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަށައިޖެހޭ ތަރައްޤީއެއް ގެނައުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަހަރަކީ، ހުރިހާ ރޮނގަކުން ދިވެހިރާއްޖެއަށް މުހިއްމު ގިނަ ތަރައްޤީތަކެއް ގެނެވޭނެ އަހަރެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް މިއޮތީ ތަރައްޤީގެ މަސައްކަތުގެ ދުވަސްތައް ކަމަށާއި، މި އަހަރަކީ، ތަރައްޤީގެ އަހަރު ކަމަށެވެ.
23 Dec 2024
ޚަބަރު
ސްޓެލްކޯއިން ބައިލައްކަ ގަސް އިންދައިފި
މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރައީސް ޑރ.މުއިއްޒު އިއުލާން ކުރެއްވި ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ވާސިލުމަށްޓަކައި، ސްޓެލްކޯއިން 500،000 ގަސް އިންދުމަށް އަމާޒު ހިފާފައިވާ ކަމަށާއި މިގޮތުން މި އަހަރުގެ ޖޫން މަހުން ފެށިގެން މަހަކު 8،340 ގަސް ސްޓެލްކޯއިން އިންދާފައިވާނެ ކަމަށެވެ. ގަސް އިންދުމުގެ ޕްރޮގްރާމް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ ކޮންމެ ވަޢުދެއްވެސް ވަނީ ކައިރި އަދި ދުރު މުސްތަޤުބަލުގައި އެއިން ރައްޔިތުންނަށް ކުރާނެ ފައިދާއަށް ބައްލަވައިގެން ކަމުގައިވެސް ފަހުމީ ވިދާޅުވިއެވެ.
20 Dec 2024
ޚަބަރު
ހަކަތައިގެ ސިނާއަތުގެ ކުރިމަގު އޮތީ އުޖާލާކޮށް: ފަހުމީ
ފަހުމީގެ މެސެޖުގައި ވިދާޅުވީ ހަކަތައިގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ބުރަ އަދި މިންނެތް އިޚްލާޞްތެރިކަމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތުގެ އަލިމަސް ޔޫބީލާއި ހަމަޔަށް މިއަދު ރާއްޖެއިން ވާސިލްވެފައިވާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމާއި، ތަރައްޤީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްޤީއަށް ސްޓެލްކޯގެ ޚިދުމަތްތެރީން އިޚްލާޞްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަަސައްކަތްތައްކަމަށެވެ.
16 Dec 2024
ޚަބަރު
ރުކުމަޑި ކޮންޓްރޯލް ކުރުމުގެ ދިރާސާ މަސައްކަތްތައް ފަށައިފި
އެ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ މިމަޑި ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި އެކަމުގެ ފަންނީ އެހީ ފޯރުކޮށް ދިނުމަށް ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
16 Dec 2024
ޚަބަރު
ފްރާންސްމީހާގެ އާއިލާ ރާއްޖެއިން ފޮނުވާލާތީ ފާޑުކިޔަނީ
އޭނާގެ މައްސަލަ މީޑިއާގައި ފެންމަތިވުމުން، ބައެއް އާއްމުން ވަނީ، އެމީހާ އާއި އާއިލާ ރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅުމަށް ފުރުޞަތު ދިނުމަށް ގޮވާލާފައެވެ. އެމީހާ އަނބުރާ ފްރާންސަށްދާން ބޭނުން ނުވަނީ، އޭނާ ހައްޔަރުކޮށް ޖަލަށްލައިފާނެތީތަކުގައި ބުނެފައިވެއެވެ.
16 Dec 2024
ޚަބަރު
ފެށޭ އަހަރު މަހިބަދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށޭނެ - ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހިބަދޫ ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އަންނަ އަހަރު މަހިބަދޫގައި އަޅާ 100 ހައުސިންގ ޔުނިޓް އިމާރާތްކުރާ ނީ މިހާރު ހަދާފައިވާ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް މިހާރު އެރަށުގައި އޮތް ބިމުގައެވެ. އަދި އެރަށުގެ އިޙްތިސާސްގެ ތެރޭގައި ހިމަނުއްވާފައިވާ މާފަރުފަޅު ހިއްކައި ތަރައްޤީކޮށްދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.
16 Dec 2024
ޚަބަރު
ސީ.އައި.ޑީ.ސީ.އޭ ފޯރަމްގައި ނައިބު ރައީސް ތަޤުރީރު ކުރައްވާނެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިޤްތިޞާދުގެ އެކި ކަންކަމަށް ސަމާލުކަންދީގެން، ޗައިނާއާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.
16 Dec 2024
ޚަބަރު
މިފެށޭ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ، އދ. އަތޮޅަށް ކުރެއްވި އެ ދަތުރުފުޅަކީ، މިއަހަރު ދެން އެމަނިކުފާނު އަތޮޅުތެރެއަށް ކުރައްވާނެ އެންމެ ފަހު ދަތުރުފުޅެވެ. އަރިއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
15 Dec 2024
ޚަބަރު
އަންހެނުންގެ ކޮމިޓީތަކަށް ރޯދަމަހުގެ އިނާޔަތްދޭން ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ޤާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަޙައްމަލުކުރަމުންދާ ކޮމެޓީތަކެއް ކަމަށާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމެޓީތަކުގެ ޝަކުވާތައް އަޑުއެއްސެވި ނަމަވެސް، އެކަމަށް ޙައްލެއް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ، ވޭތުވެދިޔަ ދުވަސްތައް ހޭދަކުރެއްވީ ކަމާ ގުޅުންހުރި ލަފާ ހޯއްދަވައި ދިރާސާތައް ކުރެއްވުމުގައި ކަމަށެވެ.
15 Dec 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައިފި
ދެ ދުވަހުގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ، އދ. އަތޮޅުގެ ބައެއް ރަށްރަށަށެވެ. އޭގެ ތެރޭގައި ދަގެންޗާއި އޮމަދޫ އަދި މަހިބަދޫ ހިމެނެއެވެ.
15 Dec 2024
ޚަބަރު
ޤާނޫނާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ އާއިލާ ރާއްޖެއިން ފޮނުވާލަނީ
ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ ޢާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް' އަށް 18 ޖުލައި 2024 ވަނަ ދުވަހު ލިބުމާއި ގުޅިގެން، އެ މައްސަލަ މި އިދާރާއިން ބެލުމަށްފަހު 2024 އޮކްޓޫބަރު 23 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސްފަރާތް އެ އިދާރާއަށް ވަނީ ހާޒިރުކޮށްފައި ކަމަށެވެ.
15 Dec 2024
ޚަބަރު
އަނދައިގެން ދިޔަ އޮފީސްތައް ދަރުބާރުގޭގައި ޤާއިމަކޮށް ޚިދުމަތް ފަށައިފި
ދަރުބާރުގޭގައި އޮފީސްތައް ޤާއިމްކޮށް ޚިދުމަތް ދޭންފަށާފައި ވަނީ، ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެެންވަޔަރަމަންޓް މިނިސްޓްރީއެވެ. ބުރާސްފަތި ދުވަހުގެ އަލިފާނުގެ ހާދިސާގައި އަނދައިގެން ގޮސްފައި ވަނީ އެ ހަތަރު އޮފީސް ހިންގަމުން ގެންދިޔަ އިމާރާތްތަކެވެ. އޭގެ އިތުރުން، ހައުސިންގ މިނިސްޓްރީގެ އިމާރާތާއި ކައިރީގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އާބާދިއާ ބެހޭބަޔަށް ވެސް ގެއްލުންތައް ލިބި، އެއޮފީހުގެ މަސައްކަތްތަކަށްވެސް ވަނީ ބުރޫ އަރާފައެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ އެެއޮފީސް ހިންގުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ.
14 Dec 2024
ޚަބަރު
ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި
ސްޓެލްކޯއިން ހާމަކުރައްވާފައިވާ ގޮތުގައި، ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ މަޤުސަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އައު ހަރުފަތަކަށް ގެންދިއުމެވެ. އެގޮތުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާރޓްސް އަދި މެތެމެޓިކްސް (STEAM) ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި، އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދުމާއިއެކު، އެއަށް އަހުލުވެރިވެ، ގައުމު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުންވެސް މި ރިސާޗް ފައުންޑޭޝަން އުފެއްދުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސްޓެލްކޯއިން ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ސްޓެލްކޯގެ އުއްމީދަކީ، މި ފައުންޑޭޝަން މެދުވެރިކޮށް ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން ކަމުގައިވެސް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.
12 Dec 2024
ޚަބަރު
ހައުސިންގ މިނިސްޓްރީގައި ރޯވެ އަނދަނީ
އެއިމާރާތުގައި ރޯވެފައި ވަނީ މިއަދު ހެނދުނު 7:15 ހާއިރުގައެވެ. އިމާރާތުގައި ރޯވި އަލިފާން ބޮޑު ބަޔަކަށް ފެތުރިފައި ވާއިރު އަލިފާނުގެ މިހާދިސާ އާއި ގުޅިގެން އެސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުން ބޯވެފައެވެ.