Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހޯޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން -- ފޮޓޯ ރައީސް އޮފީސް

07 Jan 2025
ޚަބަރު

ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފެށޭނީ މިއަހަރު: ރައީސް

މިއަހަރު ވެގެންދާނީ އަތޮޅުތަކުގެ ރަށްރަށުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުތަކާއި، މެނިފެސްޓޯގައި ހިމަނުއްވާފައިހުރި ވަޢުދުތައް، ތަރުތީބު ކުރެވިގެން ފުއްދެވުމުގެ ޢަމަލީ މަސައްކަތް ކުރައްވާނެ އަހަރަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހޯނޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށާއި، އުދައެރުމުގެ މައްސަލައަށް މި އަހަރުގެ ބަޖެޓުގެ ތެރެއިން ދާއިމީ ގޮތަކަށް ޙައްލު ހޯދައިދެއްވާނެކަމަށެވެ. އަދި ތަޢުލީމާއި ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި، ކުޅިވަރުގެ އެކި ވަޞީލަތްތައް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަހަރު އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ، ޕީ.އެސް.އައި.ޕީ.ގެ ތެރެއިން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އެންމެ އިސްކަންދިނުމާއެކީ، ތަޢުލީމީ، ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް ދެން އެންމެ އިސްކަން ދިނުމަށްފަހު، ކުރިއަށް ގެންދާނީ މަގުތަކާ ގުޅިފައިހުރި މަސައްކަތްތައްކަން. އެއީ، ފެނާއި ނަރުދަމާ ނެތް ރަށްރަށުގައި، ފެނާއި ނަރުދަމާ ޤާއިމުކުރުން. އެއަށްފަހު މަގުތައް ހެދުން. އެހެންވީމާ، މި ރަށުގައި މިހާރު މިއޮތީ މަގުހެދުމާ ހިސާބަށް އައިސްފައި. އެހެންވީމާ، އެ ތަރުތީބުގެ ތެރެއިން މަގުހެދުމުގެ މަޝްރޫޢު، އަދި މަގުހެދުމަށްޓަކައި އަޅުގަނޑު ވީ ވަޢުދު ފުއްދާނެ ވާހަކަ ދަންނަވަން. އެހެންވީމާ، މި އަހަރާއި މި އަންނަ އަހަރު، މި ދެ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ތަރުތީބުކޮށްފައި މިއޮތީ، މިގޮތަށް ވެފައިހުރި ވަޢުދުތަކުގެ ޢަމަލީ މަސައްކަތް ކުރުމަށް." 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު-- 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމާ ހައުސިންގ މަޝްރޫޢުތައް ފެށުމުގެ ބަޖެޓެއް ކަމަށެވެ. އަދި ރަށްރަށުގައި ވެވަޑައިގެންފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުތައްވެސް މިއަހަރު ކުރިއަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ހޯނޑެއްދޫގެ ހައުސިންގ މަޝްރޫޢޫވެސް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދަކީވެސް ފުއްދެވުމަށް ވެވަޑައިގެންފައިވާ ވަޢުދެއްކަމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.