Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

16 Dec 2024
ޚަބަރު

ފެށޭ އަހަރު މަހިބަދޫގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށޭނެ - ރައީސް

އދ. މަހިބަދޫގައި ސަރުކާރުން އިމާރާތްކޮށްދެއްވާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހިބަދޫ ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އަންނަ އަހަރު މަހިބަދޫގައި އަޅާ 100 ހައުސިންގ ޔުނިޓް އިމާރާތްކުރާ ނީ މިހާރު ހަދާފައިވާ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް މިހާރު އެރަށުގައި އޮތް ބިމުގައެވެ. އަދި އެރަށުގެ އިޙްތިސާސްގެ ތެރޭގައި ހިމަނުއްވާފައިވާ މާފަރުފަޅު ހިއްކައި ތަރައްޤީކޮށްދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ޚާއްޞަ ގޮތެއްގައި ބޯހިޔާވަހިކަމަށް ޙާއްޞަކޮށްފައިވާ ބަޖެޓެއް ކަމަށެވެ. 

" މި އަންނަ އަހަރަށް މި ފާސްކުރި ބަޖެޓަށް އަޅުގަނޑު މި ކިޔަނީވެސް ބޯހިޔާވަހިކަމުގެ ބަޖެޓް. އެއީ، މި ރަށް ހިމެނޭހެން. ދެން އެހެން ރަށްރަށުގައިވެސް މި ދެންނެވި ގޮތަށް ގެދޮރު ބިނާކުރުމަށްޓަކައި އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމުގެ ބޭނުމުގައި އެކުލަވައިލި ބަޖެޓަކަށްވާތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު، 2025 ވަނަ އަހަރަކީ، މި ރަށުގައި ޤާއިމުކުރުމަށް އަޅުގަނޑު ވީ ވަޢުދު އިރާދަކުރެއްވިއްޔާ ފުއްދާ އަހަރު. އިރާދަކުރެއްވިއްޔާ، އެ 100 ޔުނިޓުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އަދި ވީހާވެސް ބާރުމިނެއްގައި ގެންގޮސް ނިންމައިދޭނެ ކަމުގެ ޔަޤީންކަން އަރުވަން."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރައީސް ވިދާޅުވީ، މަހިބަދޫ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީވުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ނޫންކަމަށާއި، މުޅި ސަރަޙައްދަށް އެފައިދާލިބޭނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާފަރު ފަޅަކީ، އަރބަން ސެންޓަރުގެ ޙަޤީޤީ މާނައިގައި ތަރައްޤީވެގެންދާ ތަނަކަށް ވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިސަރުކާރުން އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤިކުރުމަށް އިޢުލާނުކޮށްފައިވާ 7 ރަށުގެ ތެރޭގައި މަހިބަދޫ ވަނީ ހިމަނާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.