ޚަބަރު
10 Jan 2025
ޚަބަރު
ސައުތު ކޭޓަރިންގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ބަލަންފަށައިފި
ސައުތުގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ އެމައްސަލަ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން މިހާރު ދަނީ ބަލަމުން ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ސައުތުގެ ބައެއް މުވައްޒަފުން ނޫސްވެރިންނަށް މައުލޫމާތުދީފައިވާ ގޮތުގައި އެކުންފުނީގެ އާއްމު ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ މިހާރު ވަނީ 6 މަހަށްވުރެ ގިނަ ދުވަސް ވެފައެވެ. އެކަމާއި ގުޅިގެން ސައުތުގެ ބައެއް މުވައްޒަފުން ވަނީ، މިއަދު އިހްތިޖާޖުވެސްކޮށްފައެވެ.
10 Jan 2025
ޚަބަރު
ލޯންޗަކުން ޖެހި ފަތުރުވެރިއަކު މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އދ. ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ބޭރުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗަކުން ޖެހި އޭނާއަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ނިޔާވެފައިވާ ކަމަށެވެ. މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 10:00 ހާއިރުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
10 Jan 2025
ޚަބަރު
ސަފާރީއަކުން މީހަކު މޫދަށް ވެއްޓި ގެއްލިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ އެ ސަފާރީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި، ނ. ހޮޅުދޫ، ސީވިޑް އަލީ އަރުޝަދު (35އ) ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި އޭނާ ކަނޑަށް ވެއްޓިފައި ވަނީ ސަފާރީގެ ޑެކް މަތީގައި ހުއްޓައެވެ. އަދި އޭނާ ކަނޑަށް ވެއްޓިފައި ވަނީ ސަފާރީގެ ހަފޮޅުގައި ޖެހިފައި ކަމަށާއި، އޭނާ ވެއްޓޭ މަންޒަރު ސަފާރީގެ ސީސީޓީވީ ކެމެރާއަށް ރެކޯޑްކުރެވިފައި ހުރި ކަމުގައިވެސް ފުުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
10 Jan 2025
ޚަބަރު
ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިގެންނެވީ، މީގެ ކުރިން އެމަނިކުފާނަށް ވަޑައިނުގެންނެވި ހުރި ރަށްތަކަށެވެ. އެރަށްތަކަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށްރަށުގެ ރަށުކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއިވެސް ބައްދަލުކުރައްވާފައެވެ.
10 Jan 2025
ޚަބަރު
ދެއްވަދޫއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫއުތައް އެކުއެކީގައި ހިންގަވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ބުރާސްފަތި ދުވަހު ގއ. ދެއްވަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
10 Jan 2025
ޚަބަރު
ފްލެޓް ލިސްޓް ރަމަޟާން މަހުގެ ކުރިން އިއުލާނު ކުރެވޭނެ
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެދިޔަ މަސައްކަތްތައްވެސް ރިވިއުކޮށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައި އޮތް ގޮތަށް އެކަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
08 Jan 2025
ޚަބަރު
ޤާނޫނު އަސާސީގެ ދިފާޢުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން ނިންމައިފި
އެޕާޓީން މިރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ، ޤާނޫނު އަސާސީގެ ދިފާޢުގައި ކުރިޔަށް ގެންދާ މަގުމަތީގެ ހަރަކާތް މިޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައި ފާސްކޮށްފައެވެ. މިއީ އިދިކޮޅު އެމްޑީޕީން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް މިގޮތަށް މުޒާހަރާއަށް ނުކުތުމަށް ނިންމި ފުރަތަމަ ނިންމުމެވެ. މީގެ ކުރިން ހުސްވި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުވެސް، އެމްޑީޕީން ވަނީ ޤާނޫނު އަސާސީގެ ދިފާޢުގައި އަލިމަސް ކާނިވަލުގައި ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައިވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
08 Jan 2025
ޚަބަރު
ކަނޑުހުޅުދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަނޑުހުޅުދޫ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދޭ ގޮތަށް ކަމަށެވެ. މީގެ އިތުރުން، އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ސްކޫލަށް ބޭނުންވާ ތަރައްޤީގެ ކަންކަމަށް ޢަމަލީ ސިފަގެނައުން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
08 Jan 2025
ޚަބަރު
އުމުރާއަށް ގެންދިޔަ މީހުން ގެނެވޭނެ ގޮތެއް ނެތް: އަލްހިޖުރަ
އެބަޔާނުގައި ބުނެފައި ވަނީ، އަލްހިޖުރަ ޖަމާއަތުގެ ހަވާލުގައި ހުސްވި ޑިސެމްބަރު މަހު އުމްރާއަށް ގެންދިޔަ 24 އުމްރާ ވެރިން ރާއްޖެ ނުގެނެވިފައި ތިބީ ކުންފުންޏަށް ދިމާވި މާލީ ދަތިކަމުގެ ސަބަބުން ކަމަށެވެ. އަދި ކުންފުނިން އުމުރާވެެރިން މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެހެން ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ މިއަދާއި ހަމައަށް ވެސް ހޯދިފައި ނުވާކަމަށެވެ. އުމުރާވެރިން އުމުރާއަށް ގޮސްފައި ވަނީ އެގުރޫޕަށް ފައިސާ ހަމައަށް ދައްކައިގެން ނަމަވެސް އެޖަމާޢަތުން ދިޔަ މީހުން ގެނައުމުގައި ފައިސާގެ ދަތިކަން ކުރިމަތިވީ ކީއްވެކަމެއް އެޖަމާޢަތުން ހާމަކޮށްފައެއް ނުވެއެވެ.
08 Jan 2025
ޚަބަރު
ރަޖުނީއަށް ފްލެޓް ލިބުމުގައި ގޯހެއް ނެތްކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެޑް އޮފް އިކޮނޮމިކް ކްރައިމްގެ މަގާމު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބަށް، ވިނަރެސް ހައުސިންގ މަޝްރޫއުން އުސޫލާ ހިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އާންމު މީޑިއާގައި ފެތުރުނު މަޢުލޫމާތާ ގުޅިގެން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު، މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް، ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ބަލާފައިވާ ކަމަށެެވެ. އަދި އެކަމާއި ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
08 Jan 2025
ޚަބަރު
ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކުކޮށް ގެންނާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެޓީރިއަލް އަދި ފައިސާގެ ތާށިކަމާހެދި މަޑުޖެހިފައިހުރި މަޝްރޫޢުތައް އަލުން ފެށްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ އެކިއެކި ރަށްތަކުގައި މިގޮތަށް ހުއްޓިފައިހުރި މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ހޯއްދެވުމަށް، މިފަދަ މަޝްރޫޢުތަކަށް އެންމެ ބޮޑަށް ބޭނުންވާ ބޮޑުހިލަ ހޯދުމަށްޓަކައި، މިދިޔަ ހަފުތާ ތެރޭގައި މިކަމާ ގުޅިގެން ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރާއި ބައްދަލުކުރައްވައި، މިކަން ހަމަޖެއްސުމަށް ގޮތްތަކެއް ރޭވިފައިވާ ކަމަށާއި އެގޮތުން ބޮޑުހިލަ ބަލްކުކޮށް ގެނައުމަށް ނިންމާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
08 Jan 2025
ޚަބަރު
މޯލްޑިވިއަނަށް ކުރީ ސަރުކާރުަގައި ފައިދާ ނުވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ދެއްކެވި ވާހަކަފުޅަށް ރައްދެއް
ޑރ. ޝަމްހީދު ރައްދު ދެއްވާފައި ވަނީ، މޯލްޑިވިއަންއަށް ވައިޑްބޮޑި އެއާކްރާފްޓެއް ގެނައުމާއި ގުޅިގެން އެކަން ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. އަމީން ވިދާޅުވެފައިވަނީ ނިމިދިޔަ 5 އަހަރު މޯލްޑިވިއަންއަށް ކުރިއެރުމަށް އައިސްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ހޯމަދުވަހު މޯލްޑިވިއަންއަށް ވައިޑްބޮޑި އެއާކްރާފްޓެއް ގެނައި އިރު އެކަމަކީވެސް މިދިޔަ ސަރުކާރުގައި ފަށައިގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.
08 Jan 2025
ޚަބަރު
ޚިޔާނާތުގެ ތުހުމަތުވާ އޮފިސަރަކު ރިޓަޔާކޮށްފައެއް ނުވޭ: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންގެ މައްޗަށް ކުރެވޭ ޚިޔާނާތާއި މަނީ ލޯންޑަރިން އަދި ރިޝްވަތުގެ 400 މިލިޔަން ރުފިޔާގެ މައްސަލައެއް މި ހުސްވި އަހަރުގެ އޮގަސްޓް މަހުންފެށިގެން ބަލަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވީ އިއްޔެއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރެއް މިހާތަނަށްވެސް ފުލުހުންގެ އިދާރާއިންނާއި އަދި ކަސްޓަމްސްއިންވެސް ހާމަކުރައްވާފައެއް ނުވެއެވެ.
08 Jan 2025
ޚަބަރު
ގަދަކަމުން ކޯޓަށް ހާޟިރުކޮށް ކުރީގެ ނައިބު ރައީސާއި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
ކުރީގެ ނައިބު ރައީސް ޖިހާދާއި ހަވާލުކުރައްވާފައި ވަނީ، 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޖިހާދު ފަޅެއް ބަޔަކަށް ދޫކުރެއްވުމުގައި ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާތީ އެކަމާއި ގުޅިގެން ދައުލަތުން ހުށައެޅި ދައުވާގެ އިސްތިއުނާފު މަރުހަލާގެ ދައުވާގެ ލިޔެކިޔުންތަކެވެ.
08 Jan 2025
ޚަބަރު
ކައުންސިލް ތަކުގެ ރައީސުންނަށްވެސް ރަނިންމޭޓެއް
ރައީސް މިޚިޔާލުފާޅު ކުރެއްވީ، އެމަނިކުފާނު މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ، ގދ. ފިޔޯރީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
08 Jan 2025
ޚަބަރު
ކައުންސިލަރުން ޕާޓްޓައިމް ބަޔަކަށް ހެއްދެވުމަށް ރައީސް ޚިޔާލުހުށައަޅުއްވައިފި
ރައީސް ވިދާޅުވީ، ކުރިންވެސް އެމަނިކުފާނު ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެ ކަމަށާއި އަދި އެބަދަލު ގެންނަވާނީ، އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާއާއިއެކުގައި ކަމަށެވެ. އަދި ކައުންސިލްތަކަށް ބަދަލު ގެނައުމުގައި އޮތް އެއް ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނޭކަމުގެ ކަންބޮޑުވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.