Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

10 Jan 2025
ޚަބަރު

ފްލެޓް ލިސްޓް ރަމަޟާން މަހުގެ ކުރިން އިއުލާނު ކުރެވޭނެ

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު، ރަމަޟާން މަހުގެ ކުރިން އިޢުލާން ކުރެވޭނެ ކަމުގެ ބޮޑު ޔަޤީންކަމެއް އެބަ އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރާއްޖޭގެ ބައެއް މީޑިއާތަކަށް ދެއްވި ބަސްދީގަތުމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަލަށް އެމަނިކުފާނު ގެނައި ބަދަލުގެތެރެއިން ހައުސިންގ މިނިސްޓްރީގެ މަސައްކަތް މިހާރު ވަނީ މިނިސްޓަރ މުއްޠަލިބުގެ މެންޑޭޓްގެ ތެރެއަށް ލެވިފައިކަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެދިޔަ މަސައްކަތްތައްވެސް ރިވިއުކޮށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައި އޮތް ގޮތަށް އެކަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަޔަަކަށް ލިބިފައި އޮތް ފްލެޓެއް އަތުލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މުހިއްމު ހުރިހާ މަޝްރޫޢުއެއް މިމަހުގެ ތެރޭގައި އިޢުލާނުކުރައްވައި، ކޮންޓްރެކްޓަރުން ހޯއްދެވުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށެވެ. މިއަހަރުގެ ބަޖެޓުގެ 1.5 ބިލިޔަން ރުފިޔާ ކަނޑައަޅުއްވާފައި ވަނީ ބޯހިޔާވަހި ކަމުގެ މަޝްރޫޢުތަކަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.