Advertisement

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

08 Jan 2025
ޚަބަރު

ޤާނޫނު އަސާސީގެ ދިފާޢުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން ނިންމައިފި

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހުން ޤާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން، ޤާނޫނު އަސާސީގެ ދިފާޢުގައި މަގުމަތީގެ ހަރަކާތްތައް ފެށުމަށް އިދިކޮޅު ޕާޓީ އެމްޑީޕީން މިރޭ ނިންމައިފިއެވެ.

އެޕާޓީން މިރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ، ޤާނޫނު އަސާސީގެ ދިފާޢުގައި ކުރިޔަށް ގެންދާ މަގުމަތީގެ ހަރަކާތް މިޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައި ފާސްކޮށްފައެވެ. މިއީ އިދިކޮޅު އެމްޑީޕީން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް މިގޮތަށް މުޒާހަރާއަށް ނުކުތުމަށް ނިންމި ފުރަތަމަ ނިންމުމެވެ. މީގެ ކުރިން ހުސްވި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުވެސް، އެމްޑީޕީން ވަނީ ޤާނޫނު އަސާސީގެ ދިފާޢުގައި އަލިމަސް ކާނިވަލުގައި ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައިވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާޙުތަކަކީ، އޭގެ ސަބަބުން ދިމިޤުރާތީ އުސޫލުތަކާއި ހަމަތައް ގެއްލިގެން ގޮސްފައިވާ އިސްލާޙްތަކެއް ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ، ޚާއްޞަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާޙާއި، ލާމަރުކަޒީ ނިޒާމަށް ގެންނަމުންދާ އިސްލާޙްތައް އެމްޑީޕީން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.