Advertisement

އަރުޝަދު ގެއްލުނު ސަރަހައްދު ---

10 Jan 2025
ޚަބަރު

ސަފާރީއަކުން މީހަކު މޫދަށް ވެއްޓި ގެއްލިއްޖެ

އދ. އަތޮޅު މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް “ނޯތު 7” ނަމަކަށް ކިޔާ ސަފާރީއަކުން ދިވެއްސަކު މޫދަށް ވެއްޓި ގެއްލިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ އެ ސަފާރީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި، ނ. ހޮޅުދޫ، ސީވިޑް އަލީ އަރުޝަދު (35އ) ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި އޭނާ ކަނޑަށް ވެއްޓިފައި ވަނީ ސަފާރީގެ ޑެކް މަތީގައި ހުއްޓައެވެ. އަދި އޭނާ ކަނޑަށް ވެއްޓިފައި ވަނީ ސަފާރީގެ ހަފޮޅުގައި ޖެހިފައި ކަމަށާއި، އޭނާ ވެއްޓޭ މަންޒަރު ސަފާރީގެ ސީސީޓީވީ ކެމެރާއަށް ރެކޯޑްކުރެވިފައި ހުރި ކަމުގައިވެސް ފުުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ. 

ފުލުހުންގެ އުދާރާއިން ވިދާޅުވީ އަރުޝަދު ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށެވެ. އެމްްއެންޑީއެފުން ވިދާޅުވީ، މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކުން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ ފެނިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.