Advertisement

އަލްހިޖުރަ ޖަމާޢާތުގެ ހަވާލުގައި މިދިޔަ އަހަރު އުމްރާއަށް ދިޔަ ބައެއް މީހުން މައްކާގައި -- ފޮޓޯ: އަލްހިޖުރަ ފޭސްބުކް

08 Jan 2025
ޚަބަރު

އުމުރާއަށް ގެންދިޔަ މީހުން ގެނެވޭނެ ގޮތެއް ނެތް: އަލްހިޖުރަ

އަލްހިޖުރަ ޖަމާޢަތުގެ ހަވާލުގައި ހުސްވި ޑިސެމްބަރު މަހު އުމުރާއަށް ފޮނުވި މީހުން އަނބުރާ ގެނެވޭނެ ގޮތެއް ނެތްކަމުގައި އެޖަމާޢަތުން ބުނެފިއެވެ.

އެޖަމާޢަތުން މިހެން ބުނެފައި ވަނީ، އެޖަމާޢަތުގެ ފޭސްބުކް ޕޭޖުގައި މިރޭ އާއްމު ކުރި ބަޔާނެއްގައެވެ. އެހެން ނަަމަވެސް އެބަޔާން ފަހުން ވަނީ އެޕޭޖުން ނަގާފައެވެ.

އެބަޔާނުގައި ބުނެފައި ވަނީ، އަލްހިޖުރަ ޖަމާއަތުގެ ހަވާލުގައި ހުސްވި ޑިސެމްބަރު މަހު އުމްރާއަށް ގެންދިޔަ 24 އުމްރާ ވެރިން ރާއްޖެ ނުގެނެވިފައި ތިބީ ކުންފުންޏަށް ދިމާވި މާލީ ދަތިކަމުގެ ސަބަބުން ކަމަށެވެ. އަދި ކުންފުނިން އުމުރާވެެރިން މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެހެން ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ މިއަދާއި ހަމައަށް ވެސް ހޯދިފައި ނުވާކަމަށެވެ. އުމުރާވެރިން އުމުރާއަށް ގޮސްފައި ވަނީ އެގުރޫޕަށް ފައިސާ ހަމައަށް ދައްކައިގެން ނަމަވެސް އެޖަމާޢަތުން ދިޔަ މީހުން ގެނައުމުގައި ފައިސާގެ ދަތިކަން ކުރިމަތިވީ ކީއްވެކަމެއް އެޖަމާޢަތުން ހާމަކޮށްފައެއް ނުވެއެވެ.

އަލް ހިޖުރަ ޖަމާޢަތުގެ ބަޔާން --

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ލަފަޔާއި އިރުޝާދުގެ ދަށުން، މައްކާގައި ތާށިވި، އަލްހިޖުރަ ޖަމާޢަތުގެ ޢުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތްކުރަމުންދާކަމު ހައްޖު ކޯޕަރޭޝަނުން މިރޭ ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.