ޚަބަރު
20 Jan 2025
ޚަބަރު
އިންޑިއާ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓަރުގެ އަރިހަށް ޒިޔާރަތްކުރައްވައިފި
މިބައްދަލު ކުރެއްވުން ބާއްވަވާފައި ވަނީ، މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. މިބައްދަލު ކުރެއްވުމަކީ، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރު، ޖީ. ބަލަސުބްރަމަނިއަމް، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން ބޭއްވި ބައްދަލުވުމެވެ. މިއީ އިންޑިއާގެ އައު ސަފީރާއި، ފޮރިން މިނިސްޓަރ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
20 Jan 2025
ޚަބަރު
ކާށިދޫއިން ފެނުނު އާސާރީ ތަރާގަނޑު ދިރާސާ ކުރަނީ
މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖުން ހާމަކުރައްވާފައިވާ ގޮތުގައި، އެތަނުގެ ފެނުނު ތަރާގަނޑު ދިރާސާކުރުމުގެ މަސައްކަތް ކުރަމުން ދަނީ ކަމާއި ގުޅޭ ބޭރުގެ ފަންނީ ފަރާތްތަކާއިވެސް ގުޅިގެންނެވެ.
20 Jan 2025
ޚަބަރު
ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތަކާއި އެކު ޢައްޔަނު ކުރެއްވި ވަޒީރުންނަށް ރުހުން ދީފި
ވަޒީރުންނަށް ރުހުން ދީފައި ވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައެވެ. މިޖަލްސާގައި ރުހުން ދެއްވާފައި ވަނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބަށާއި އަދި، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑޮކްޓަރ މަރްޔަމް މާރިޔާއަށެވެ.
20 Jan 2025
ޚަބަރު
ޕީޖީގެ ނިންމުމަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
އެކްސްގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއެްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުޙަބާ ދަންނަވާ ކަމަށެވެ.
20 Jan 2025
ޚަބަރު
ކުރީގެ ނައިބު ރައީސް އަދީބާއި އިތުރު 3 މީހަކާއި އެކު ހަދާފައިވާ އިމިޔުނިޓީ އެއްބަސްވުންތައް ޕީޖީން އުވާލައިފި
ޕީޖީ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، މި މީހުންގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތުން މަޢުލޫމާތުދީފައިވާތީއެވެ.
19 Jan 2025
ޚަބަރު
ވަގުފޯމުތަކުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއެކުރެއްވި މެމްބަރު މުޙައްމަދު އިސްމާޢީލްގެ މައްސަލަ ބަލަން އެދިއްޖެ
އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަދި ޤާނޫނީ ވަކީލު މަޙްފޫޒު ސަޢީދު ވިދާޅުވީ، ވަގު ފޯމުގައި ހެއްކެއް ގޮތަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ސޮއިކުރި ކޮންމެ ފޯމެއްގެ މައްސަލަ ވަކިވަކިން ބަލައިދިނުމަށް އެދިފައި ވާނޭ ކަމަށެވެ. މަޙްފޫޒު ވިދާޅުވީ، މުޙައްމަދު އިސްމާޢީލް ކުރައްވާފައިވާ އެއަމަލަކީ، ޖިނާޢީ ކުށުގެ ޢަމަލެއް ކަމަށެވެ.
19 Jan 2025
ޚަބަރު
ބުރެކި އާއިލާގެ އައު މަހެއް ރާއްޖެއިން ފެނިއްޖެ
މެރިން ޖާނަލް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި އެމަހަކީ ބޭރުގެ ސައިންޓިސްޓުންނާއި ރާއްޖޭގެ މެރިން ރިސާޗު ސެންޓަރު ގުޅިގެން ކުރި ދިރާސާގެ ތެރެއިން ހޯދިފައިވާ މަހެކެވެ. އެމަހަށް ދިން ދިވެހި ނަމަކީ ރަކި ބުރަތްކެވެ. މި މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ޕްލެކްޓްރަންތިއަސް ރަކި" އެވެ. މިއީ 2-3 އިންޗި އަށް ބޮޑުވާ މަހެކެވެ.
19 Jan 2025
ޚަބަރު
މީހުންނަށް ނޭނގި ޕާޓީއަށް ވެއްދިކަމަށް 3000 ވުރެ ގިނަ ޝަކުވާ ވަނީ ލިބިފައި: އެމްޑީޕީ
އެޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ޤާނޫނީ ކޮމިޓީގެ މެމްބަރު އިބްރާހީމް ޝިޔާމް ވިދާޅުވީ، އެޝަކުވާތަކަށް ބަލާއިރު، އޭގެ ތެރޭގައި ކުރީގެ އައިޑީ ކާޑުގައި ހުރި ފޮޓޯ ބޭނުންކުރުމާއި، ސޮއި ފޯޖު ކުރުމާއި، ފިންގަރޕްރިންޓް ފޯޖުކޮށްފައި ހުރުން ފަދަ ކަންކަން ހިމެނޭކަމަށެވެ.
19 Jan 2025
ޚަބަރު
މިހާތަނަށް 23000 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކޮށްފި
އިއްޔެގެ އޮޕަރޭޝަނާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ނިންމައި ލެވޭނެ ކަމަށެވެ.
19 Jan 2025
ޚަބަރު
ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު މަސްބޯޓެއް އަތުލައިގެންފި
އަތުލައިގަތް އިރު އެބޯޓުގައި 6 ފަޅުވެރިން ތިބި ކަމަށާއި، އެ ބޯޓާއި މީހުން މިހާރު، ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފުން މިބޯޓު އަތުލައިގެންފައި ވަނީ، ބުރާސްފަތި ދުވަހުގައެެވެ.
19 Jan 2025
ޚަބަރު
އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މިއީ ދިރާސީ ކަލަންޑަރު އެކުލަވާލުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު މިގޮތަށް ފޯރަމެއް ބާއްވަވާ ފުރަތަމަ ފަހަރެވެ.
18 Jan 2025
ޚަބަރު
އެސްޓޯނިއާ ދަތުރަކީ ތާރީޚީ އަދި ކާމިޔާބު ދަތުރެއް: ރައީސް އެސްޓޯނިއާ ދަތުރަކީ ތާރީޚީ އަދި ކާމިޔާބު ދަތުރެއް: ރައީސް
އެސްޓޯނިއާގައި ހުންނަވައި ރައީސް ޕީއެސްއެމްއަށް ދެއްވި ބަސްދީ ގަތުމުގައި ވިދާޅުވީ، އެދަތުރުފުޅަކީ ތާރީޚީ ދަތުރުފުޅަކަށް ވަނީ، އެއީ ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުކަމުގައި ވާތީ ކަމަށެވެ. އަދި އެ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސްގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްކަންވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.
16 Jan 2025
ޚަބަރު
ހޯމަ ދުވަހުން ފެށިގެން ކަދުރު ބަހަން ފަށަނީ
އެމިނިސްޓްރީން ވިދާޅުވީ، އަންނަ ހޯމަ ދުވަހުންފެށިގެން، ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކަދުރު ބެހުން ކުރިޔަށް ގެންދާނެ ކަމަށެވެ. މިގޮތުން މާލެ ސަރަހައްދުގެ އާއްމު ގޭބިސީތަކަށް ކަދުރު ދޫކުރުން ކުރިޔަށްދާނީ، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:30 އިން 13:00އަށް އިސްލާމީ މަރުކަޒުގައެވެ.
16 Jan 2025
ޚަބަރު
ފަލަސްޠީނުގެ ރައްޔިތުންނަށް ބަދަލުދޭން ރައީސް ގޮވާލައްވައިފި
ރައީސް މިހެން ވިދާޅުވީ، ޣައްޒާއަށް ދޭ ހަމަލާތައް މެދުކަނޑާލަން ނިންމަން މެދުވެރި ވެދިން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވައި، އެ ފަރާތްތަކުގެ އަގު ވަޒަންކުރައްވާ ނެރުއްވި ބަޔާނުގައެވެ.
16 Jan 2025
ޚަބަރު
ވަގުފޯމުތަކުގެ މައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދޭން އެމްޑީޕީން އެދިއްޖެ
އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި، އެ މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް އެޕާޓީން ވަނީ އެދިފައެވެ. މީގެ އިތުރުން، ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ޞައްޙަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައިވާކަމުގައި އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.
16 Jan 2025
ޚަބަރު
ނުކުޅެދޭ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ބަލަންފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭގެ ސްކޫލެއްގެ ޓީޗަރަކު އެސްކޫލެ ހާއްސައެހީއަށް ބޭނުންވާ ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންނަަމަވެސް އެކަން ހިނގާފައި ވަނީ ކޮން ސްކޫލެއްގައިކަމެއް އަދި އެޓީޗަރަކީ ދިވެހި ޓީޗަރެއްކަމެއް ނުވަތަ ބިދޭސީ ޓީޗަރެއް ކަމެއް ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައެއް ނުވެއެވެ.