Advertisement

ކާށިދޫ ކުރީގެ ހުކުރު މިސްކިތުގެ ތެރެ ކޮނުން --

20 Jan 2025
ޚަބަރު

ކާށިދޫއިން ފެނުނު އާސާރީ ތަރާގަނޑު ދިރާސާ ކުރަނީ

ކ. ކާށިދޫގެ ކުރީގެ ހުކުރު މިމިސްކިތުގެ އަޑިން ފެނުނު، އިހުގެ ބިނާއެއްގެ ތަރާގަނޑު ދިރާސާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖުން ހާމަކުރައްވާފައިވާ ގޮތުގައި، އެތަނުގެ ފެނުނު ތަރާގަނޑު ދިރާސާކުރުމުގެ މަސައްކަތް ކުރަމުން ދަނީ ކަމާއި ގުޅޭ ބޭރުގެ ފަންނީ ފަރާތްތަކާއިވެސް ގުޅިގެންނެވެ.

މިގޮތުން، މިމަސައްކަތުގައި ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ޤައުމީ މަރުކަޒާއި ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސާވޭ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން، ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުންނާއި މެރިޓައިމް އޭޝިއާ ހެރިޓޭޖް ސާވޭގެ ޓީމާއި ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިން ދަ އާޓްސް އޮފް އެފްރިކާ އަދި އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓްގެ ފަރާތުން ބައިވެރިވެފައިވާ ކަމުގައި އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

ކާށިދޫ ބައު މިސްކިތުގެ އަޑިން ފެނިފައި ވަނީ ހިރިގަލުގެ ތަރާގަނޑުތަކެކެވެ. ބެލެވިފައިވާ ގޮތުގައި އެއީ ކުރިން އެތަނުގައި ހުރި މިސްކިތެއް ނުވަތަ ބުދުފައްޅިއެއްގެ ބައިތަކަކަށް ވުން އެކަށީގެންވެއެވެ.

ކ. ކާށިދޫއަކީ، ރާއްޖެ އިސްލާމްވުމުގެ މާކުރިން ފެށިގެންވެސް، މީހުން އާބާދުވެ ދިރިއުޅެމުން އަންނަ ރަށެކެވެ. އެވޭލާ ޒަމާނުގެ ބުދުފައްޅިއެއްގެ ބިނާތަކުގެ ތަރާގަނޑުތައް މީގެ ކުރިންވެސް ކާށިދޫއިން ފެނިފައި ވެއެވެ. 

މިހާރު ދިރާސާކުރަމުން އަންނަ ތަރާގަނޑު ފެނިފައި ވަނީ 2022 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.