Advertisement

ސަޢޫދީން ހަދިޔާކުރި ކަދުރު ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކުރެއްވުން --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

16 Jan 2025
ޚަބަރު

ހޯމަ ދުވަހުން ފެށިގެން ކަދުރު ބަހަން ފަށަނީ

މިއަހަރުގެ ރޯދައަށް ސަޢޫދީއަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު އަންނަ އާދީއްތަ ދުވަހުންފެށިގެން ބަހަން ފަށާނެ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވައިފިއެވެ. 

އެމިނިސްޓްރީން ވިދާޅުވީ، އަންނަ ހޯމަ ދުވަހުންފެށިގެން، ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކަދުރު ބެހުން ކުރިޔަށް ގެންދާނެ ކަމަށެވެ. މިގޮތުން މާލެ ސަރަހައްދުގެ އާއްމު ގޭބިސީތަކަށް ކަދުރު ދޫކުރުން ކުރިޔަށްދާނީ، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:30 އިން 13:00އަށް އިސްލާމީ މަރުކަޒުގައެވެ. އާއްމު ގޭބިސީތަކުގެ އިތުރުން ރަމަޟާންމަހުގެ ރޯދަ ވީއްލުމުގެ ހަރަކާތްތައް ކުރިޔަށްގެންދާ ޖަމިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޫކުރުމަށް ހަމަޖައްސާފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު މިއަދު ވަނީ ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކުރައްވާފައެވެ. ސަޢޫދީން ހަދިޔާކުރެއްވި ކަދުރާއި ހަވާލުވެވަޑައިގެންނެވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.