Advertisement

ކަދުރު ބެހުން އިސްލާމީ މަރުކަޒުގައި ކުރިޔަށް ދަނީ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ.

21 Jan 2025
ޚަބަރު

ކަދުރު ބަހަން ފަށައިފި

ސައޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު އިއްޔެ ބަހަން ފަށައިފިއެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، މިއަންނަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކަދުރު ބެހުމުގެ މަސައްކަތް ކުރަމުންދާނެއެވެ. މާލޭގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެވެެސް ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށް އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމްގައި ގޭބިސީތަކަށް ކަދުރު ދޫކުރަމުންދާނެ ކަމުަގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއަހަރު ގޭ ބިސީތަކުގެ އިތުރުން އާއްމުންނަށް ރޯދަވީއްލުންތައް ބާއްވާ، ޖަމިއްޔާ ޖަމާއަތްތަކަށްވެސް ކަދުރު ދޫކުރުމަށް ނިންމާފައިވާ ކަމުގައި މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއަހަރުވެސް ރޯދަމަހަށް ޚާއްޞަކޮށް ސަޢޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައި ވަނީ، 50 ޓަނުގެ ކަދުރެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.