ޚަބަރު
29 Jan 2025
ޚަބަރު
މަޖިލީހުގެ ރައީސް ޢަބުދުއްރަހީމް މާލެ ވަޑައިގެންފި
މަޖިލީހުގެ ރައީސް މާލެ ވަޑައިގަންނަވާތީ އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށް ނޫސްވެރިންގެ އެއާޕޯޓަށް ދިޔަ ނަމަވެސް ނޫސްވެރިންނާއި ބައްދަލު ނުކުރައްވައި، ސީދާ ފުލައިޓުން ފައިބައިވަޑައިގެންނެވި ގޮތަށް ކާރުކޮޅުގައި އެމަނިކުފާނު ވަޑައިގެންނެވީ މުރައިދޫގެއަށެވެ.
28 Jan 2025
ޚަބަރު
ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން ވަކިކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
28 Jan 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ހއ އަތޮޅަށް ވަޑައިގެންފި
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައިވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
28 Jan 2025
ޚަބަރު
ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން ފައިސަލް ވަކިކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޑރ.މުހައްމަދު މުޢިއްޒަށް ވަޑައިގެންނެވުނީ، މަޖިލީހުގެ ރައީސް ޢަބުދުއްރަހީމް ޢަބުދުﷲ ދެއްވި ތާއީދާއި އެއްބާރު ލެއްވުމުގެ ސަބަބުން ކަމުގައި ވީނަމަވެސް އެދެބޭފުޅުން ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމުގައި ޚަބަރުތައް ބުނެއެވެ.
27 Jan 2025
ޚަބަރު
ރޯދަ ހަދިޔާ ހިފައިގެން ދިޔަ ދޯނި ފަރަށް އަރައިފި
ނިލަންދޫ ކައުންސިލުން ވިދާޅުވީ، ފަރަށް އެރި ދޯނީގައި ދެރަށުގެ ރައްޔިތުންނަށް ހަދިޔާގެ ގޮތުގައި ފޮނުވި، 1070 ބަސްތާގެ ކާޑު ހުރި ކަމަށެވެ. ދޯނި ފަރަށް އެރުމާއި ގުޅިގެން ކާޑު ބަސްތާތަކަށް ލޮނުއެޅި ވަނީ ހަލާކުވެފައެވެ. ލިއޯ ކުންފުނީގެ ދޯންޏެއް ކަމަށްވާ 'ލިއޯ ވިންގް' އުރިފައި ވަނީ، ގއ. އެކެފަރު ނަމަކަށް ކިޔާ ފަރަކަށެވެ.
27 Jan 2025
ޚަބަރު
ދެ އަހަރު ކުރިން ކަނޑުމަތީ އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި ފުލުހުން ތަޙްޤީޤު ނިންމައި ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ހާދިސާ ހިނގިތާ 2 އަހަރުވާން ގާތްވެފައި ވަނިކޮށް އަލުން މައްސަަލަ ޕީޖީއަށް ފޮނުވާފައި ވަނީ، ޕީޖީން އެމައްސަލަ އިސްލާޙްކޮށް އަލުން ފޮނުވުމަށް އެންގިތާ ދޮޅު އަހަރު ފަހުންނެވެ. ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި އެމައްސަލަ އެންމެ ފުރަތަމަ ތަޙްޤީޤުކޮށް ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ، އެކްސިޑެންޓް ހިނގިތާ އެއްމަސް ފަހުން، 2023 ޖޫން 4ގައެވެ. އެހެން ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުުވުމަށްފަހު ދެ ވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
27 Jan 2025
ޚަބަރު
ފަސްމަސް ކުރިން ރާއްޖެ އައި ޓޫރިސްޓަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، 2024 އޮކްޓޫބަރު 13 ވަނަ ދުވަހު، ޓްއަރިސްޓް ވިސާގައި ރާއްޖެ އައި ޗައިނާގެ ފަތުރުވެރިއެއް ކަމުގައިވާ، އުމުރުން 30 އަހަރުގެ ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ނުވާތީ އެކަން އާއިލާގެ ފަރާތުން ފުލުހުންނަށް ޖަނަވަރީ 22 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެެވެ.
26 Jan 2025
ޚަބަރު
މިޑިޔާ ރެގިއުލޭޓްކުރުމާބެހޭ ގޮތުން ދެއްކި ވާހަކަތައް ނޫސްތަކުން ގެނެސްދިނީ އޮޅޭގޮތަށް: ނާޒިމް
ނާޒިމްގެ ބަޔާނުގައި ވިދާޅުވީ، އެއްވެސް ސޯޝަލް މީޑިއާގެ މަންސައެއް ބްލޮކް ކުރުމަށް ހުށަނާޅުއްވާ ކަމަށާއި އެހެން ނަމަވެސް ސޯޝަލް މީޑިއާއަކީ ރެގިއުލޭޓް ކުރެވެންވާނެ އެއްޗެއްކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާއަކީ ބޭނުން ކުރެވޭ މީޑިއާގެ އެންމެ އާއްމު ވަސީލަތްތައްވެސް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
26 Jan 2025
ޚަބަރު
ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ހުށައަޅާކަށް ނޫޅޭ: ތަރުޖަމާނު
ހީނާ މިހެން ވިދާޅުވީ، "ސަން މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ދައްކަވާފައިވާ ވާހަކަފުޅުތަކަކާއި ގުޅިގެން ޝާއިޢުކޮށްފައިވާ ޚަބަރުތަކާއި ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ. ނާޒިމް ވަނީ ފަހުން ބަޔާނެއް ނެރުއްވައި އޭނާ ދެއްކެވި ވާހަކަފުޅުތައް ނޫސްތަކުން ގެނެސްދީފައި ވަނީ އަސްލުއޮޅޭ ގޮތަށް ކަމުގައި ވިދާޅުވެފައެވެ.
26 Jan 2025
ޚަބަރު
ހަކަތައިގެ އަގު ހެޔޮކުރުމަކީ ސަރުކާރުގެ އަމާޒު: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ވަނީ، އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި 2028 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި ބޭނުން ކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ އަދުގެ ސަރުކާރުން ވަރުގަދަ ޢަޒުމެއްގައި ކަނޑައަޅުއްވާފައި އޮތް އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
26 Jan 2025
ޚަބަރު
އޮސްޓްރޭލިއާގެ ވެރީންނަށް ރައީސް ތަޙްނިޔާ ވިދާޅުވެއްޖެ
26 Jan 2025
ޚަބަރު
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު، ޢައްޔަންކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކު، ރައީސުލްޖުމްހޫރިއްޔާ މިއަދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ، ދަފުތަރު ނަންބަރު ރސ 1548، މުޙައްމަދު ޒާހިދާއި، ކ.ހުރާ، ރޯޒް، ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ.
26 Jan 2025
ޚަބަރު
އޭސީސީއަށް މެމްބަރުން ޢައްޔަނު ކުރައްވައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.
24 Jan 2025
ޚަބަރު
އައިއޭސްގެ ޗެއާމަންގެ މަޤާމަށް ޝަފީޢު އައްޔަނުކުރައްވައިފި
އަޙުމަދު ޝަފީޢުއަކީ، ދައުލަތުގެ އިސްމަޤާމުތަކެއް ފުރުއްވުމުގެ އިތުުރުން، މީގެ ކުރިންވެސް އައިއޭއެސްގެ ޗެއާމަންކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެއީ 2014 ވަނަ އަހަރުން ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ނިމުމާއި ހަމައަށް، 17 ނޮވެމްބަރު، 2018އަށެވެ.
24 Jan 2025
ޚަބަރު
ޒަމާނީ ބަދަލާއި އެކު ތައުލީމީ ދާއިރާގެ ކުރިމަަގު އުޖާލާކުރެވޭނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިފަދަ ޒަމާނެއްގައި، ފަންނިއްޔާތާއި ތަޢުލީމު އެކުއެކީގައި އެކުލެވިގެންދިއުމަކީ، ލާޒިމުކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
24 Jan 2025
ޚަބަރު
މާރިޔާ ވިދާޅުވަނީ ރައީސް ޑރ. މުޢިއްޒު އުޅުއްވަނީ ތިން ބާރު އެއްކޮށްލައްވައިގެން ކަމަށް!
މާރިޔާ ވިދާޅުވީ، މިއަދު މަޖިލީހުގައި ހުރިހާ ގޮނޑިއެއްގައި އެ އިންނެވީ ރައީސް މުއިއްޒު ކަމަށާއި، ފަނޑިޔާރުގޭގެ ގޮނޑިތަކުގައި ވެސް އެ އިންނަވަނީ ރައީސް މުއިއްޒު ކަމަށެވެ. އަދި ސާފުކޮށް ޑީއެންއާރު މެދުވެރިކޮށް ވަޒީރުން އިސްވެ ތިއްބަވައި އައިޑެންޓިޓީ ވަގަށް ނަގަމުންދާއިރު ވެސް ފިޔަވަޅެއް ނޭޅުނު ކަމުގައި ވިދާޅުވެ މާރިޔާ ވަނީ ފާޑު ވިދާޅުވެފައެވެ.