Advertisement

ރައިސުލްޖުމްހޫރިއްޔާ ހޯރަފުށީ ކައުންސިލާއި ބައްދަލު ކުރެއްވުން --

30 Jan 2025
ޚަބަރު

ހޯރަފުށީ އެއާޕޯޓު އިންޓަރނޭޝަނަލް ކޮށްދޭން އެދިއްޖެ

ހއ. ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިއްޖެއެވެ.

އެކައުންސިލުން މިކަމަށް އެދިފައި ވަނީ،  ރައީސުލްޖުމްހޫރިއްޔާ އެކައުންސިލްގެ މެމްބަރުންނާއި އ.ތ.މ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުން އޮތީ ހއ. ހޯރަފުށީ ކައުންސިލް އިދާރާގައެވެ.

ހޯރަފުށީ އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހައްދަވައި ދެއްވުމަށް އެރަށުގެ ކައުންސިލުން އެދުނުއިރު ހދ. ހަނިމާދޫ އެއާޕޯޓަކީ އިންޓަރނޭޝަނަލް އެއާޕޯޓެކެވެ. އަދި ހޯރަފުއްޓާއި ގާތުގައި އޮތް ދިއްދޫގައިވެސް ސަރުކާރުން ވަނީ ޑޮމެސްޓިކް އެއާޕޯޓެއް އެޅުުގެ މަސައްކަތް ފައްޓަާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ހޯރަފުށި ކައުންސިލުން ވަނީ، ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށުގެ ބިން ހިއްކަވައިދެއްވުމަށާއި، ހޯރަފުށީ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށާއި، ހޯރަފުށީ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއާޕޯޓަކަށް ހައްދަވައި ދެއްވުމަށާއި، އިސްލާމިކް ސެންޓަރެއް ޤާއިމުކޮށްދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން ވަނީ ރައީސަށް ދަންނަވާފައެވެ.

މީގެ އިތުރުން ރަށުގެ އިޚްތިޞާޞްގައި ހުވަންދޫ ހިމަނައިދެއްވުމަށްވެސް އެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދަންނަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.