Advertisement

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ޗެއާޕަރސަން ޙުސައިން ފަހުމީ -

29 Jan 2025
ޚަބަރު

ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މުވައްޒަފުންގެ އަޙްލާޤު ހިފަހައްޓައިދިން: އެމްޑީ ފަހުމީ

ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ކުންފުނީގެ މުވައްޒަފުންގެ އަޚްލާޤު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ފަރާތެއް ކަމަށާއި، ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަޚްލާޤު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ޗެއާޕަރސަން ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަލުން އުފައްދައި، އަންގާރަ ދުވަހު ބޭއްވި އެ ކްލަބްގެ އިފްތިތާޙީ ޖަލްސާގައި ފަހުމީ ވިދާޅުވީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ހޯދައިދިން ކާމިޔާބީތަކުގެ އެންމެ ބޮޑު ފައިދާއެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނަށް ކަމަށެވެ.

"ވަރަށް ގިނަގުނާ ކާމިޔާބީތަކެއް ސްޓެލްކޯއަށް އޭރުގެ ރެކްރިއޭޝަން ކްލަބުން ހޯއްދަވައިދެއްވި ކްލަބެއް ކްލަބަކީ. އޭގެ އެންމެ ބޮޑު ފައިދާއެއް ކުރީ ކްލަބަކަށް ނޫން. އޭރުގަ ހިންގި ރެކްރިއޭޝަން ކްލަބް އަދި މިއަދުގެވެސް ރެކްރިއޭޝަން ކްލަބުން އެންމެ ބޮޑު ފައިދާއެއް ކުރީ މިއަދުގެ ސްޓެލްކޯއަށް. އޭރުގަ އިސްވެރިން ވަރަށްބޮޑަށް ބާރުއެޅުއްވި ކަމެއް އެ ރެކްރިއޭޝަން ކްލަބް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންގެ އަދަބާ އަޙްލާޤް ވަކި ގޮތަކަށް ބައްޓަންކުރުން. ކުންފުނީގެ ޑިސިޕްލިން ވަކި ގޮތަކަށް ހިފެހެއްޓުން. ގަޑިއެއް ނުޖެހޭނެ ދުވަހަކުވެސް. އަދި ކުންފުނީގެ ތެރޭގަ އެބޭފުޅުންގެ ބޭއަދަބީ ނުވަތަ އެބޭފުޅުން ގޯހޭ ބުނާނެ އެއްވެސް މުވައްޒަފަކު ނޫޅޭނެ. ނަމޫނާ މުވައްޒަފުންތަކެއް އޭރު ކުންފުނީގަ ތިބި ހުރިހާ ބޭފުޅުންނަކީވެސް. އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރޭގަ ކުޅިވަރު އޭރު ކުޅުއްވި ބޭފުޅުންނަކީ ނަމޫނާ، ކުޅިވަރުގެ ދާއިރާގަވެސް، މަސައްކަތުގެ ދާއިރާގަވެސް ނަމޫނާ މުވައްޒަފުންތަކެއް. މިހާރުވެސް އެބޭފުޅުން އެބަ ތިއްބެވި... މިއަދު އަޅުގަނޑުމެން ހަމަ އެ ކްލަބް ވުޖޫދަށް މި ގެނައީ. އަޅުގަނޑުމެން މެނޭޖްމަންޓުން ބޭނުންވަނީ ހަމަ އެ ވެލިއުޒްތައް އަނެއްކާވެސް ކްލަބުން އެޑްކޮށްދެއްވާށޭ ކުންފުނީގެ މުވައްޒަފުންގެ ތެރެއަށް"

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ޗެއާޕަރސަން ޙުސައިން ފަހުމީ - 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓްލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ވައިސް ޗެއާޕަރސަން، ޢަބްދުﷲ ނާޡިރު ވިދާޅުވީ، އެސްއާރްސީ އަކީ ޤައުމީ ފެންވަރުގެ، ޚިދުމަތްތެރި، މޮޅު މީހުން އުފައްދާފައިވާ، ކާމިޔާބު މާޒީއެއް އޮތް ކްލަބެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބްގެ ޙަރަކާތްތަކަކީ މާޒީއެއް އޮތް، އަދި އެ މާޒީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ނަތީޖާތަކެއް ދައްކައިދީފަ އޮތް ކްލަބެއް އިނގޭތޯ. އެހެންވީމާ ކުންފުނީގެ މުވައްޒަފުންގެ ވަރަށްބޮޑު އުއްމީދެއް އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބް އަލުން އަނބުރާ ވުޖޫދަށް އައުމަކީ. އެއީ އަޅުގަނޑުމެންގެ މި ޚިދުމަތް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައިރުގަ، އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބްގެ ޙަރަކާތްތައް ފެނިގެންދިޔައީ މުވައްޒަފުންގެ މެދުގަ އޮންނަންޖެހޭ އެއްބައިވަންތަކަމާ ކުޅިވަރުގެ ރޫޙުގެ ތެރެއިން އަޅުގަނޑުމެން ޚިދުމަތް ދިނުމަށް. އެކަން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ބޯޑުގެ ބޯޑްރޫމް ތެރެއަށް ވަދެލީމަ. އެކަން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން މިތަނުން އުފެއްދި، ކުޅިވަރުގެ ތެރެއިން އުފެއްދި ވަރަށް އަގުހުރި ޚިދުމަތްތެރިންނަށް ބަލާލީމަ. އެކިއެކި ދާއިރާތަކުގެ ވަރަށް ރަނގަޅު ޤައުމީ ފެންވަރުގެ ކުޅުންތެރިން އަޅުގަނޑުމެންގެ މި މުވައްޒަފުންގެ ތެރޭގަ ވަނީ އުފެދިފަ. އުފައްދަވާފަ. އެހެންވީމަ ޤައުމީ ފެންވަރުގަ ދިވެހިރާއްޖެ ބަލައިގަތް އަޅުގަނޑުމެންގެ ކުޅިވަރުގެ ޙަރަކާތްތައް، ރެކްރިއޭޝަން ކްލަބް"

ސްޓްލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ވައިސް ޗެއާޕަރސަން، ޢަބްދުﷲ ނާޡިރު -

ނާޡިރު ވިދާޅުވީ، މުވައްޒަފުންގެ އެއްބައިވަންތަކަމާއި ދުޅަހެޔޮކަމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެސްއާރްސީގެ ހަރަކާތްތަކުގެ ތެރެއިން ކުރެވިގެންދާނެ ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.