ޚަބަރު
07 Feb 2025
ޚަބަރު
އަންހެން މީހާ މަރުވުމުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް: އާއިލާ
ޝިފާޒު ބުނީ އޭނާގެ އަނބިމީހާ ސިޒޭރިއަން ހަދައިގެން ވިއްސީ ފިފްޓީ ފިފްޓީ ޗާންސެއް އޮތުމުން ކަމަށް ޑޮކްޓަރުން ބުނުމުން ކަމަށާއި، މައިމީހާ ސަލާމަތްކޮށްދޭން އެދުނު ކަމަށެވެ. އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ފުރަތަމަ ހަމަޖެއްސި ފްލައިޓް ކެންސަލްކުރީ ދަރިފުޅު މަރުވުމުން ކަމަށް ބުނި އެކަން އޭނާއަށް ނާންގާ ކަމުގައިވެސް ޝިފާޒް ވަނީ ބުނެފައެވެ.
07 Feb 2025
ޚަބަރު
އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ ޚާއްސަ އެހީއަށް ބޭނުންވާ މީހަކު މަރުވި މައްސަލައެއް
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަންހެންމީހާ މަރުވިކަން ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ރޭގެ 23:30ގައި ކަމަށާއި، އެމީހާގެ ހަށިގަނޑުން ފުލުހުން ސާމްޕަލް ނަގާފައި ވަނީ އާއްމު އުސޫލުން މަރުގެ މައްސަލަތައް ބަލާ ގޮތަށް ކަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަންހެންމީހާ އުސްތަނަކުން ވެއްޓުނު ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި އޭނާއަށް އީއާރްގައި ފަރުވާދެމުން ދަނިކޮށް ނުކުމެގެން ދުއްވައި ގަތުމުން ވެއްޓިފައިވާ ކަމަށެވެ.
06 Feb 2025
ޚަބަރު
ޤާސިމް ވިދާޅުވީ މިތިބީ އަތްގައިދަށުވެފައި ކަމަށް!
މިއަދު ރައްޔިތުންގެ މަޖިލީހުގައި ޤާސިމް އިބްރާހިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބޭ ތިބުމާއި ގުޅޭގޮތުން، އޮންލައިން ނޫސް އަދަދުގެ ނޫސްވެރިޔާ ކުރި ސުވާލަށް ސާފު ޖަވާބެއް ނުދެއްވައި ޤާސިމް ވިދާޅުވީ، މިތިބީ އަތްގައިދަށުވެފައި ކަމަށެވެ. އަދި އިންޑިއާ އާއި ދެކޮޅުވެގެން ލިބެން އޮތީ ގެއްލުން ކަމުގައިވެސް ޤާސިމް ވިދާޅުވިއެވެ.
06 Feb 2025
ޚަބަރު
އެމްޑީޕީން ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފި
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވި ވަގުތުގައި އެމްޑީޕީގެ މެމްބަރުން ވަނީ، ސޯސަންމަގާއި މެދުޒިޔާރަތްމަގު ގުޅޭ ކަންމައްޗަށް އެއްވެ މުޒާހަރާކޮށްފައެވެ. އެސަރަހައްދަށް އެއްވި އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި އިސްބޭފުޅުންވެސް ހިމެނެއެވެ.
06 Feb 2025
ޚަބަރު
ޝަރުޢީ ދާއިރާއަށް އިސްލާޙްތަކެއް ގެންނަވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖިނާޢީ އަދުލުގެ ނިޒާމު އިޞްލާޙުކޮށް ރައްޔިތުން އިތުބާރުކުރާ ހަރުދަނާ ނިޒާމަކަށް ހެދުމުގެ މަސައްކަތަކީ، ކޮންމެހެން އިސްކަންދޭންޖެހޭ، މުހިންމު މަސައްކަތެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
06 Feb 2025
ޚަބަރު
ފްލެޓް ލިސްޓް މިމަހު ނެރޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފްލެޓް ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، 4،000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުން ވެފައި އޮތީ ވަރަށް ހައްސާސީ މައްސަލައަކަށް ކަމަށެވެ.
05 Feb 2025
ޚަބަރު
އިސްރަށްވެހިންނަށް ޚާޢްސަ ކުލާހެއް ފަށައިފި
މިއީ، ޖީކެއަރ އަދި ހީޓްގެ ވެލްނަސް ކްލަބް ގުޅިގެން ހިންގާ ހަރަކާތެއް ކަމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްއިން ވިދާޅުވެފައިވެއެވެ. މިއީ މުޅި މިއަހަރަށް ތާވަލު ކުރެވިގެން ހިންގާ ކުލާހެއް ކަމަށާއި، މިކުލާސް ކުރިޔަށްދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހެއްގެ ހަވީރު 16.00 އިން 17.00 އަށް ކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ.
05 Feb 2025
ޚަބަރު
އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ޓަވަރު 8 ގައި ޤާއިމްކުރެވިފައިވާ އިސްރަށްވެހިންގެ އިޖްތިމާއީ މަރުކަޒަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ބިނާކޮށްފައިވާ މަރުކަޒެއް. އަދި އެތަނަށް ބޭނުންވާ ފަރިނީޗަރާއި، އެހެނިހެން އާލާތްތައް ވެސް ހަމަޖައްސާދީފައިވަނީ އެޗްޑީސީ އިން. މިއަދު ކުރިއަށް ގެންދެވުނީ، އެތަން ރަސްމީކޮށް މި ވުޒާރާއާއި ހަވާލުކުރުމުގެ ރަސްމިއްޔާތު. އެތަނުގައި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ޕްރޮގްރާމުތަކާއެކު، އާންމުންނަށް ވަދެވޭނެހެން ފެބުރުއަރީ މަހުގެ މެދުތެރޭގައި ހުޅުވާލެވޭނެ. އަދި އެތަން އާންމުންނަށް ހުޅުވާލާ ޚިދުމަތް ފޯރުކޮށްދޭން ފެށުމާއެކު މީޑިއާއާއި އަޅުގަނޑުމެން އެ މައުލޫމާތު ހިއްސާކުރަމުން ގެންދާނަން
05 Feb 2025
ޚަބަރު
ރިޔާސީ ބަޔާން އިއްވާ ޖަލްސާއާ ގުޅިގެން ގިނަ މަގުތަކެއް ބަންދުކޮށްފި
މާދަމާގެ ޖަލްސާއަށް ބަންދުކޮށްފައިވާ މައިމަގު ތަކުގެ ތެރޭގައި އަމީރު އަހުމަދު މަގު ޗާންދަނީ މަގާއި ގުޅުނު ހިސާބުން ފެށިގެން މަޖިީދިއްޔާ ސްކޫލާއި ހަަމައަށް ބަންދުކޮށް އެމަގާއި ބޮޑުތަކުރުފާނު މަގާއި ގުޅޭ ގޯޅިތައްވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން އިސްލާމީމަރުކަޒު މައިދާން ފެށޭ ހިސާބުން އިރަށް މެދު ޒިޔާރަތް މަގާއި އެމަގާއި ގުޅިފައިވާ ހުރިހާ ގޯޅިތަކެއް ވަނީ ބަންދުކޮށްފައެވެ.
05 Feb 2025
ޚަބަރު
ރައީސް ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ
ބޮޑު ވަޒީރު ކަމުގެ މަޤާމުގެ ހުވައި ކުރެއްވުމާ ގުޅިގެން، ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެން، ބެލްޖިއަމްގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަޤީންކަން އެބަ އޮތް ކަމުގައި ވިދާޅުވެފައި ވެއެވެ.
05 Feb 2025
ޚަބަރު
އެމްޑީޕީން މަޖިލިސް ކުރާ ގޭދޮށަށް އެއްވަނީ
މާދަމާ ހެނދުނު 8:00އަށް މަޖިލިސް ކުރާ ގޭދޮށަށް އާއްމުން ނުކުތުމަށް ގޮވާލައި އެމްޑީޕީން ގެންދަނީ، އާއްމުންނަށް އެސްއެމްއެސްވެސް ފޮނުވަމުންނެވެ. އަދި މަޖިލިސް ކުރާ ގޭދޮށަށް އާއްމުން ނުކުތުމަށް ހިއްވަރު ދިނުމުގެ ގޮތުން މިއަދާއި މިރޭވެސް އެމްޑީޕީން ވަނީ، ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.
04 Feb 2025
ޚަބަރު
ޖަޕާނު ސަފީރު އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޑިސާސްޓަރ މެނޭޖްމަންޓް އަދި އިޔާދަކުރުވަނިވި ހަކަތައިގެ ފުރުޞަތުތައް އިތުރަށް ފަހިކުރުން ހިމެނެއެވެ.
04 Feb 2025
ޚަބަރު
ދުންފަތާއި ގުޅޭ ފިޔަވަޅުތަކުގެ ބޭނުމަކީ، ކެންސަރުގެ ނުރައްކަލަށް ހުށަހެޅިދާނެ ޢަމަލުތަކުން ރައްޔިތުން ރައްކާތެރިކުރުން: ރައީސް
އެ މަނިކުފާނުގެ މެސެޖުގައި، މިހާރު ޕްރައިމަރީ ހެލްތު ކެއާ ގެ ޚިދުމަތް މެދުވެރިކޮށް، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި، ފަސް ބާވަތެއްގެ ކެންސަރު ބައްޔަށް ސްކްރީން ކުރެވޭކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކެންސަރު ބަލީގެ ޚާއްޞަ ތަހުލީލުތައް ކުރެވޭ ނުވަތަ، ސްޕެޝަލައިޒްޑް ސްކްރީނިންގް މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެ ކަމުގެ ސަބަބުން ކެންސަރާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އިތުރު އެހީތެރިކަމެއް ލިބޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
04 Feb 2025
ޚަބަރު
ކެފޭ އެއްގެ ތެރޭގައި ދެ ބިދޭސީން މާރާމާރީ ހިންގައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ބިދޭސީންތަކެއްގެ މެދުގައި ހިނގި މިމާރާމާރީއާއި ގުޅިގެން އެކަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
04 Feb 2025
ޚަބަރު
ބިދޭސީ މީހާގެ ބޯމަތިން ދިޔައީ 60 އަހަރުގެ ދިވެހި އަންހެނަކު ދުއްވި ސައިކަލެއް!
އެދުވަހުގެ ހެނދުނު 8:17 ހާއިރު ހިނގި އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކާއި ގުޅިގެން ބިދޭސީ މީހާ ވަނީ މަރުވެފައެވެ. ބަނގުލަދޭޝްއަސް ނިސްބަތްވާ އެމީހާ މަރުވެފައިވާކަމުގައި ފުލުހުންނަށް ހޮސްޕިޓަލުން މައުލޫމާތުދީފައި ވަނީ ހެނދުނު 9:05 ގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
04 Feb 2025
ޚަބަރު
ހައިވޭގައި ހިނގި އެކްސިޑެންޓުގައި ބިދޭސީ މީހާ މަރުވީ ފަހަތުން އައި ސައިކަލު އެމީހާގެ ބޮލަށް އެރުމުން
އެ އެކްސިޑެންޓް ހިނގި ވަގުތުގެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްގެ ސްކްރީން ރެކޯޑިންގއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި ސޯލާޕެނަލްތައް ކައިރިން ހައިވޭގެ އިރުމަތީ ލޭންގައި ބަހައްޓާފައި ހުރި ކޯންގައި ޖެހި ބިދޭސީ މީހާ ސައިކަލާއި އެކު ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލު ދިޔައީ އެމީހާގެ ބޯމަތިންނެވެ.