Advertisement

ފުލުހުންގެ އިދާރާ ---

04 Feb 2025
ޚަބަރު

ބިދޭސީ މީހާގެ ބޯމަތިން ދިޔައީ 60 އަހަރުގެ ދިވެހި އަންހެނަކު ދުއްވި ސައިކަލެއް!

މިދިޔަ ހޮނިހިރު ދުވަހު ހައިވޭމަތީގައި ބަހައްޓާފައި ހުރި، ކޯނެއްގައި ޖެހި އެކްސިޑެންޓްވެ ބިދޭސީ މީހަކު ވެއްޓުނު ވަގުތު އެމީހާގެ ބޯމަތިން ދިޔަ ސައިކަލު ދުއްވާފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި އަންހެނެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެދުވަހުގެ ހެނދުނު 8:17 ހާއިރު ހިނގި އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކާއި ގުޅިގެން ބިދޭސީ މީހާ ވަނީ މަރުވެފައެވެ. ބަނގުލަދޭޝްއަސް ނިސްބަތްވާ އެމީހާ މަރުވެފައިވާކަމުގައި ފުލުހުންނަށް ހޮސްޕިޓަލުން މައުލޫމާތުދީފައި ވަނީ ހެނދުނު 9:05 ގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

އެދުވަހުގެ އެކްސިޑެންޓް ހިނގައި ދިޔަ ގޮތުގެ ތަފްސީލެއް ފުލުހުން ހާމަ ނުކުރެއެވެ. އެހެން ނަމަވެސް އެމީހާ މަރުވީ އެމީހާގެ ބޮލަށް ފަހަތުން އައި ސައިކަަލެއް އެރުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން ކަމަށް ހާމަވެ، މީޑިއާތަކުން ކުރަމުން އައި ސުވާލުތަކަށް ފުލުހުން ޖަވާބެއް ނުދީ ލަސް ކުރުމަށްފަހު މިއަދު ބުނެފައި ވަނީ އެ ހާދިސާ އާއި ގުޅިގެން އުމުރުން 60 އަހަރުގެ ދިވެހި އަންހެނަކާއި ސުވާލުކޮށްފައި ވާ ކަމަށެވެ. އަދި އޭނާގެ ލައިސަންސްވެސް ހިފަހައްޓާފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ މިއަދުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.