ޚަބަރު
ޚަބަރު
20 Feb 2025
ޚަބަރު
ޑރ. އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުހެއް މާދަމާރޭ
ޑރ. އިލްޔާސް ޙުސައިންގެ މިދަރުސް އޮންނާނީ، މާދަމާރޭ 20:30ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ. މި ދަރުސްގައި، ޑރ. އިލްޔާސް ޙުސައިން ވާހަކަފުޅު ދައްކަވާނީ "ތިބާގެ ރައްބާއި ތިބާ ދުރުކޮށްލީ ކޮންކަމެއް ހެއްުޔެވެ؟" މިމަޢުޟޫއަށެވެ.
20 Feb 2025
ޚަބަރު
އަންހެނުންގެ ކޮމިޓީތަަކަށް ރޯދަ އިނާޔަތްލިބޭ އިސްލާޙް ތަސްދީޤު ކުރައްވައިފި
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރެއްވީ، 2025 ފެބުރުވަރީ 18 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 06 ވަނަ ޖަލްސާއިންނެވެ.
19 Feb 2025
ޚަބަރު
ދިވެހި އަންހެނެއްގެ ތިން ފިރިން، ނަސަބު އޮޅިދާނެ
މިބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެގޮތަށް އެކަން ދިމާވެފައި ވަނީ ކޯޓުން ބޭރުގަޔާއި ރާއްޖެއިން ބޭރުގައި ކައިވެނިކުރުމުގެ ސަބަބުން ނުކުންނަ މައްސަލަ ތަކުގެ ތެރެއިންނެވެ. މިގޮތުން ތިން ފިރިން ތިބިކަމަށް ދައްކާ އެއަންހެންމީހާއަށް އެހާލަތު މެދުވެރިވީ ޤަވާއިދާއި އުޞޫލުތަކުގެ މައްސަލައަކުން ނޫންކަމަށާއި ޤަވާއިދުތަކަށް ބޯ ނުލަނބާތީކަން އޭނާ ފާހަގަކުރެއްވިއެވެ.
19 Feb 2025
ޚަބަރު
މަޑުއްވަރީއަށް އުފުލަންދޫ މީދޫއަށް ތާވަތާ ދީފި
19 Feb 2025
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި
ހަފްތާގެ ބުދަ ދުވަހަކީ އާއްމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެކެވެ. އެހެން ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުމަށް ނިންމާފައި ވަނީ ކީއްވެގެން ކަމެއް މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައެއް ނުވެއެވެ.
18 Feb 2025
ޚަބަރު
ބޮޑެތި މުސާރަވެރިންގެ މުސާރަތައް ކުޑަ ނުކުރަން މާލިއްޔަތު ކޮމިޓީން ނިންމައިފި
މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިން 10 ޕަސެންޓު ކުޑަކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްކުރީ އެއީ މުސާރަތައް ކުޑަކުރެވެން ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށެވެ.
18 Feb 2025
ޚަބަރު
ޤާނޫނު އަސާސީއަށް ގެނައި އިސްލާޙްގެ މައްސަލަ ބެލޭނެ ކަމަށް ސްޕްރީމްކޯޓުން ކަނޑައަޅައިފި
ޢަލީ ޙުސައިން ހުށައެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ، ޤާނޫނު އަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާޙް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފު ކަމަށެވެ. މިގޮތުން އެއިސްލާޙް ޤާނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށްވެސް ޢަލީ ޙުސައިން ހުށައެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައި ވެއެވެ.
18 Feb 2025
ޚަބަރު
އާސަންދައިން ބޭހަށްކުރާ ޚަރަދު ކުޑަކުރުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ، އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެެވެ.
18 Feb 2025
ޚަބަރު
މިއަހަރުވެސް ރޯދަ މަހުގެ މަސައްކަތު ގަޑިއަކީ 9އިން 1އަށް
ހިޖުރައިން 1443ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ކަނޑައަޅުއްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 6 މާރިޗު 2022 ގައި ނެރުއްވި ދެންނެވުމުންނެވެ.
18 Feb 2025
ޚަބަރު
އޭސީސީގެ ނައިބު ރައީސް ކަމަށް ނާޝިދު ޢައްޔަނު ކުރައްވައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
17 Feb 2025
ޚަބަރު
ޞަލާހާއި ޒާހިދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ދެބޭފުޅުންނަށް ރުހުން ދެއްވާފައި ވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް، މުޙައްމަދު ޒާހިދާއި، އަބްދުއްރަހްމާން ސޮލާހު ރަޝީދު ޢައްޔަނުކުރައްވާފައި ވަނީ، މިދިޔަ ޖެނުއަރީ މަހުގައެވެ.
17 Feb 2025
ޚަބަރު
ދެ މިނިސްޓްރީ އެއްކޮށްލައި ވަޒީރުގެ މަޤާމަށް ހަމަޖެއްސެވި ޠާރިޤަށް މަޖިލީހުން ރުހުންދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، މިނިސްޓަރ ޠާރިޤު އިބްރާހީމަށް ރުހުންދޭ މަޖިލީހުން ފާސްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، 69 މެމްބަރުންގެ އިއްތިފާޤުންނެވެ.
17 Feb 2025
ޚަބަރު
އަންހެން ހެދުން އަޅައިގެން ދެ ފިރިހެނުން ވައްކަން ކުރަން އުޅެނިކޮށް އަތުލައިގެންފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ގދ. ވާދޫ، ލިލީގޭ މުހައްމަދު ސޮބާހު 46، އާއި ނ. މިލަދޫ ސޯސަންގޭ މުހައްމަދު ނައުޝާދު، 42 ހައްޔަރުކޮށްފައި ވަނީ، ހޮނިހިރު ދުވަހުގެ ރޭ މެންދަމުން އަލިވެ 2:39 ހާއިރުގައި، މާލޭ މަޖީދީ މަގާއި މާވޮޔޮމަގު ގުޅުނު ހިސާބުންނެވެ.
17 Feb 2025
ޚަބަރު
ރަސްފަންނަށް މޫދަށް އެރުން މަނާކޮށްފި
މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ރަސްފަނުގެ މޫދުގައި ގާތްގަނޑަކަށް 1 ފޫޓަށް ވަނީ ކިސަޑު ބޯވެފައެވެ. އެހެންވެ މިއަދު ހެނދުނު 9:00 އިން ފެށިގެން ރަސްފަނު ބަންދުކޮށްފައި ވަނީ މޫދުން ކިސަޑު ނެގުމަށާއި، އަލުން ގޮނޑުދޮށަށް ވެލިއަޅައި ރީތި ކުރުމަށެވެ.
17 Feb 2025
ޚަބަރު
އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ދެމީހަކު ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެހާދިސާ ހިނގާފައި ވަނީ، މެދު އުތުރު ޕްރޮވިންސްގައި ހިމެނޭ (ނ. ރ. ބ. ޅ.) އަތޮޅެއްގެ ރަށެއްގައި ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 2025 ޖެނުއަރީ 20 ވަނަ ދުވަހުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Feb 2025
ޚަބަރު
ތ. ހިރިލަންދޫ ދޯންޏަކުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
މާވަހަރެއް ކަމަށް ބެލެވޭ އެތި ހޮވާފައި ވަނީ، ހިރިލަންދޫ ފަރުމާ ނަމަކަށް ކިޔާ ދޯންޏަކުންނެވެ. އެދޯނީގެ ފަޅުވެރިންގެ ތެރެއިން ބައެއް މީހުން ވަނީ އެމީހުންނަށް ފެނުނު މާވަހަރެއްކަމަށް ބެލެވޭ އެއްޗަކީ މާވަހަރެއްތޯ ޔަޤީން ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.